ކ. މާލެ
|
29 ސެޕްޓެންބަރ 2021 | ބުދަ 14:14
ގަތަރުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޒުވާން ފޯވާޑް މުޙައްމަދު ނާއިމް
ގަތަރުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޒުވާން ފޯވާޑް މުޙައްމަދު ނާއިމް
އަދަދު
ގައުމީ ސްކޮޑް ފައިނަލްކުރުން
އަނިޔާގެ ސަބަބުން ޗުމްޕު އާއި ނާއިމް ބާކީކޮށް، ޔާމްބެ ސްކޮޑަށް
ޗުމްޕު އާއި ނާއިމަށް އަނިޔާވީ ގަތަރުގައި ކުޅުނު މެޗުތަކުހެ ތެރެއިން
ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލީ 23 ކުޅުންތެރިންގެ ސްކޮޑެއް

އަނިޔާގެ ސަބަބުން ދެ ފޯވާޑުން ކަމަށްވާ އަލީ ހައިޝަމް (ޗުމްޕު) އާއި މުޙައްމަދު ނާއިމް އާއި އަލީ ހައިޝަމް (ޗުމްޕު) ބާކީކޮށް ކުރިއަށް އޮތް "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ށް އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ޑިފެންޑަރު މޫސާ ޔާމީން (ޔާމްބެ) އަށް ފުރުސަތު ދީފިއެވެ.

މި ފަހަރުގެ ތައްޔާރުވުމުގެ ގޮތުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު މާލޭގައި ގައުމީ ޓީމުން ފަރިތަކުރުންތައް ފެށީ 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކުއެވެ. އެކަމަކު ގަތަރު ކޭމްޕުގައި ބައިވެރިވީ 29 ކުޅުންތެރިންނެވެ. ގަތަރު ކޭމްޕުގައި 30 ކުޅުންތެރިން ބައިވެރިކުރާ ގޮތަށް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތް ނަމަވެސް، އަނިޔާގެ ސަބަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ޒުވާން ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) ކޭމްޕުގައި ބައިވެރިވެފައެއް ނުވެއެވެ.

ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ސްކޮޑެއް ފައިނަލްކުރަން ޖެހޭއިރު، މިދިޔަ އާދީއްތަ ދުވަހުގެރޭ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) 24 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލިއެވެ. އެ ސްކޮޑުން ބާކީކުރި ފަސް ކުޅުންތެރިންނަކީ ޔާމްބެގެ އިތުރުން ދެ ޑިފެންޑަރުން ކަމަށްވާ އަލީ ޝާމިސް (ތޮއްޕޭ) އާއި، އަޙްމަދު އަބްދުﷲ (ލިލީ) އާއި، މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) އަދި ޒުވާން ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އެވެ.

އެކަމަކު އަނިޔާގެ ސަބަބުން ޗުމްޕު އާއި ނާއިމް ބާކީކޮށް ޔާމްބެއަށް މިހާރު ވަނީ ފުރުސަތު ދީފައެވެ. ގަތަރުގައި ކުރިއަށްދިޔަ ކޭމްޕުގެ ތެރެއިން ޗުމްޕުއަށް އަނިޔާވެފައިވަނީ މި މަހު 21 ވަނަ ދުވަހު ގަތަރުގެ ލުސައިލް އެސްސީ އަތުން 4-3 ގެ ނަތީޖާއަކުން ރާއްޖެ މޮޅުވި މެޗުގައެވެ. އަދި ނާއިމަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ގަތަރުގެ އާމީ ނެޝަނަލް ޓީމާ 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައެވެ.

މި ފަހަރުގެ ގައުމީ ޓީމުގެ ސްކޮޑުގައި ޔާމްބެ ހިމެނުނުއިރު، މީގެ ކުރިންވެސް ގައުމީ ޓީމަށް ކުޅުނު ޔާމްބެ އެންމެ ފަހުން ގައުމީ ޓީމަށް ސްކޮޑުގައި ހިމެނިފައިވަނީ 2015 ވަނަ އަހަރެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

ގައުމީ ޓީމުގެ ފައިނަލް ސްކޮޑް:

ގޯލްކީޕަރުން: މުޙައްމަދު ފައިސަލް, މުޙައްމަދު ޝަފީއު (ޗެކް)، އަލީ ނާޖިހު

ޑިފެންޑަރުން: އަޙްމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، އަކުރަމް އަބްދުލް ޣަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ)، ގާސިމް ސައްމާމު (ސައްމެ)، މޫސާ ޔާމީން (ޔާމްބެ)

މިޑްފީލްޑަރުން: އަސްހަދު އަލީ (އަޑުބަރޭ)، އިބްރާހިމް އައިސަމް، މުޙައްމަދު އުމެއިރު، ހުސެއިން ނިހާން (ނިހާޓް)، ހަމްޒާ މުޙައްމަދު (ހަމްޕު)، އިސްމާޢީލް އީސަ (މެސީ)، އިބްރާހީމް ވަހީދު ހަސަން (އިއްބެ)

ފޯވާޑުން: ހަސަން ރާއިފް އަޙްމަދު (ހަންނަ)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަސަދުﷲ އަބްދުﷲ (އަސަކޮ)، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)، ނާއިޒު ހަސަން (ދާދު)

- ކޮމެންޓް