ކ. މާލެ
|
28 ސެޕްޓެންބަރ 2021 | އަންގާރަ 13:49
ތެޔޮ ބޯޓެއް އަޑިއަށް ދިއުން - މޫސުން ގޯސްވުމާއި ގުޅިގެން މިފަދަ ތަފާތު އެކި ކަނޑުމަތީގެ ހާދިސާތައް ވަނީ ހިނގާފައި
ތެޔޮ ބޯޓެއް އަޑިއަށް ދިއުން - މޫސުން ގޯސްވުމާއި ގުޅިގެން މިފަދަ ތަފާތު އެކި ކަނޑުމަތީގެ ހާދިސާތައް ވަނީ ހިނގާފައި
އެމްއެންޑީއެފް
ވައިޓް އެލަޓް ނެރުން
ހދ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާރޓް
ވައިޓް އެލާރޓް ނެރެފައި ވަނީ މެންދުރު 12:20ން ފެށިގެން އިރުއޮއްސި 06:00ށް

މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް، ހދ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މި ސަރަހައްދުތަކަށް ވައިޓް އެލާރޓް ނެރެފައި ވަނީ މެންދުރު 12:20ން ފެށިގެން އިރުއޮއްސި 06:00ށެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު، ގުގުރުން އަދި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ކަމުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކަނޑުދަތުރުކުރައްވާ އެންމެހާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ހާއްސަކޮށް ކުދި، އަދި ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރަ އިރު ދަތުރު ނުކުރަން ވެސް އިލްތިމާސްކޮށްފައިވެއެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމާއެކު އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރު އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ޚާއްސަ ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.

- ކޮމެންޓް