ކ. މާލެ
|
28 ސެޕްޓެންބަރ 2021 | އަންގާރަ 11:23
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު
ރައްޔިތުންގެ މަޖިލިސް
އަމިއްލަ ފަރުދުންގެ ވިޔަފާރި
އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނަށް ގެނައި އިސްލާހާއެކު ދިވެހިންގެ ނަމުގައި ބިދޭސީން ކުރާ ވިޔަފާރިއަށް ނިމުމެއް އަންނާނެ - ސަލީމް
 
އަމިއްލަ ވިޔަފާރި އެހެން މީހަކަށް ހަވާލު ކުރެވޭނެ ގޮތް މި އިސްލާހުން ކަނޑައެޅިގެންދާނެ
 
މިހާރު ރާއްޖެ ދެކެމުން މިދަނީ ރާއްޖޭގެ ތާރީޚް ދުށް އެންމެ ބޮޑު އިޤްތިޞާދީ ގޮންޖެހުން ކުރިމަތިވި ދަނޑިވަޅު
 
އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިނގީ މިސަރުކާރުގައި ނޫން

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ހުށަހެޅި އިސްލާހާއެކު ދިވެހިންގެ ނަމުގައި ބޭރު މީހުން މި ކުރާ ވިޔަފާރި ނިމުމަކަށް އައިސް، ދިވެހިންނަށް ފުރުސަތު ފަހިވާނެ ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އަމިއްލަ ވިޔަފާރި އެހެން މީހަކަށް ހަވާލު ކުރެވޭނެ ގޮތް މި އިސްލާހުން ކަނޑައެޅިގެންދާނެ ކަމަށެވެ. ސަރުކާރުން މިހާރު މިކުރާ މަސައްކަތަކީ ވިޔަފާރިތަކަށް ފަސޭހަ ފަހި މާހައުލެއް ގެނެސްދިނުން ކަމަށާއި، އިސްލާހުގެ ބޭނުމަކީ ވެސް އެއީ ކަމަށެވެ. މިހާރު ވިޔަފާރިތައް ރަޖިސްޓްރީ ކުރެވޭ އެންމެ ދިގު މުއްދަތަކީ 5 އަހަރު ކަމަށް ކަނޑައަޅާފައި އޮތް އޮތުން 10 އަހަރަށް މުއްދަތު އިތުރު ކުރުމުން އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފަސޭހަވާނެކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، މިހާރުވެސް މުއްދަތު ހަމަވެފައިވާ 5700 ކުންފުނި އިކޮނޮމިކް މިނިސްޓްރީގައި އެބައޮތް ކަމަށެވެ. މުއްދަތު ހަމަވާ ކޮންމެ ފަހަރަކު އެކައުންޓް ފްރީޒްވެ އެތައް ބައެއްގެ ފައިސާ ހިފެހެއްޓޭ ކަމަށް ވިދާޅުވިއެވެ.

އަމިއްލަ ވިޔަފާރީގެ ގޮތުގައި 18 ހާސް ވިޔަފާރި މިހާރުވެސް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، މި ވިޔާފާރި ތަކުގެ ތެރެއިން 60 އިންސައްތައަކީ އަމިއްލަ ފަރުދުންގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ އިޤްތިޞާދުގައި މައިގަނޑު ރޯލެއް އަދާކުރަނީ މި ވިޔަފާރިތައް ކަމަށް ވިދާޅުވިއެވެ.

މިހާރު ރާއްޖެ ދެކެމުން މިދަނީ ރާއްޖޭގެ ތާރީޚް ދުށް އެންމެ ބޮޑު އިޤްތިޞާދީ ގޮންޖެހުން ކުރިމަތިވި ދަނޑިވަޅު ކަމަށާއި، ދެކުނު އޭޝިއާގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ރާއްޖެއަށްކަން ދުނިޔޭގެ މާލީ އިދާރާތަކުގެ ރިޕޯޓުތަކުން ފެންނަން އެބައޮތް ކަމަށެވެ. މިހާލަތު ދިމާވުމުން ސަރުކާރުން ދިން އިޖާބައަށް ތައުރީފް ލިބިގެން ދިޔައިރު، އެންމެ ފުރަތަމަވެސް އެޅުއްވި ފިޔަވަޅަކީ، ވިޔަފާރިތައް ސަލާމަތްކުރުމުގެ ފިޔަވަޅުތައްކަމަށެވެ. އެގޮތުން 169 މިލިއަން ޑޮލަރު ވިޔަފާރިތައް ސަލާމަތް ކުރުމަށް ކަނޑައަޅައި، އޭގެ ތެރޭގައި ވަޒީފާތައް ހިމާޔަތް ކުރުމާއި، ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސް ދިނުމާއި، ކަރަންޓް ސަބްސިޑީ 30-40 އިންސައްތައަށް ދިިނުންފަދަ ކަންކަން ހިމެނުއްވި ކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ މި ހާލަތު ކުރިމަތިވީ ވެރިކަން ބަދަލުވިތާ މާ ގިނަ ދުވަހެއް ނުވެ ކަމަށާއި، އޭރު ރާއްޖެއަކީ ވާލްޑް ބޭކްގެ 'އީޒް އޮފް ބިޒްނަސް ޑުއިން' އިންޑެކްސްގައި 147 ވަނައިގައި އޮތް ގައުމެއް ކަމަށެވެ. އެކަން އެހެން އޮތީ، ކުރީގެ ސަރުކަރުތަކުން އަމަލުކުރި ގޮތުން ކަަމަށް ވިދާޅުވިއެވެ. ވިިޔަފާރީގައި ރައްޖޭގައި އޮތީ ނާމާން ބިރުވެރި މާހައުލެއް ކަމަށް ބަލަން ޖެހެނީ މިފަދަ ސަބަބުތަކާހެދި ކަމަށް ސަލީމް ވިދާޅުވިއެވެ.

ފޫ ގޮސްފައި އޮތީ ހަމައެކަނި އަމިއްލަ ކުންފުނިތަކެއް ނޫން ކަމާއި، ސަރުކާރުގެ ކުންފުނިތައް ވެސް ފޫގޮސްފައި ހުރިކަން އިދިކޮޅު މެމްބަރުންގެ ވާހަކަތަކުން ވެސް ހާމަވާކަން ފާހަގަކުރައްވަމުން ވިދާޅުވީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިނގީ މިސަރުކާރުގައި ނޫން ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ މެމްބަރުން ގެނައުމަށް އެމްޕީއެލްއިން 77 މިލިއަން ރުފިޔާ، ޑޮލަރު ގަތުމުގެ ނަމުގައި ނެގީ މި ސަރުކާރުން ނޫން ކަމަށާއި، މިއިން އެއްވެސް ލާރިއެއް އަނބުރާ ނުދައްކާ ކަމާއި، އެކަން ކުރީ ކޮން ބައެއްކަން އެނގެން އޮތް ކަމަށެވެ.

އަމިއްލަ ވިޔަފާރިތަކަށް ސިޔާސީ ގޮތުން ބިރު ދެއްކުމާއި ނުފޫޒު ފޯރުވުން އޭރު އޮތީ އިންތިހާއަށް ގޮސްފައި ކަމަށް ވިދާޅުވިއެވެ. ވިޔަފާރިތަކުގެ އަގު ވައްޓާލުމަށް ގަސްދުގައި ސަރުކާރުން ކުރިމަތި ކުރުވި އެކި އުނދަގޫތަކުގެ ސަބަބުން ރާއްޖޭގެ ބޮޑެތި ކުންފުނިތަކަށް ބިރުވެރިކަން އޮތް މިންވަރު އޭރުގެ އިކޮނޮމިކް މިނިސްޓަރަށް ވަރަށް ބޮޑަށް ސާފުވާނެ ކަމުގައި ވިދާޅުވިއެވެ.

ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭނުން ހިފައި ވިޔަފާރިވެރިންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވާ ކަމަށާއި، ކަސްޓަމްސްއިން މުދާ ދޫކުރުން ހުއްޓާލައި މީރާއިން ވަދެ ބޭކާރު އޮޑިޓްތައް ކޮށް، ވިޔަފާރިވެރިންގެ ހިތުގައި ބިރުވެރިކަން އުފެއްދިކަން ސަލީމް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމްއެވެ. މި ބިލު ހުށަހެޅި މައިގަނޑު މަޤްޞަދަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތަކަށް ހައްލު ހޯދުމާއި އެފަދަ ވިޔަފާރިތަކުގެ ހާލަތު ދެނެގަތުމަށް ފަސޭހަވާނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

މި އިސްލާހު ހުށަހެޅީ، ދިވެހިންގެ ނަމުގައި ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް، ހިންގާ ވިޔަފާރިތަކުގެ ސަބަބުން އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދިވެހި ރައްޔިތުންނަށް ލިބޭ އިޤްތިޞާދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަޤްޞަދުގައެވެ. މީގެއިތުރުން، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރެވޭ މުއްދަތު 5 އަހަރުން 10 އަހަރަށް ބަދަލުކުރުމަށް ވެސް އިސްލާހުގައިވަނީ ހުށަހަޅާފައެވެ. އަދި މި ބިލުގައި ވިޔަފާރި އެހެން ފަރާތަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓް މަޝްރޫޢަށާއި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ފަންޑުން ލޯނު ދީފި
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ފަތުރުވެރިކަމުން ލިބުނު އާމްދަނީއާއެކު އެޕްރީލް މަހު މީރާއިން 2 ބިލިއަން ރުފިޔާ ބަލައިގަނެފި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި