ކ. މާލެ
|
28 ސެޕްޓެންބަރ 2021 | އަންގާރަ 00:42
މާލެއަށް ބޯކޮށް ވާރޭވެހެނީ - މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށްވެފައި
މާލެއަށް ބޯކޮށް ވާރޭވެހެނީ - މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށްވެފައި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ހޯމަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ 122 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 38 މީހުން
އަތޮޅުތެރެއިން 78 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައި

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 122 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހު ރާއްޖެއިން 4،119 މީހުން ބައްޔަށް ޓެސްޓު ކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން 122 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 38 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 78 މީހުންނާއި, ރިސޯޓުތަކުން ޕޮޒިޓިވްވި 2 މީހުންނާއި އަދި ސަފާރީތަކުން ޕޮޒިޓިވްވި 4 މީހުންނެވެ.

އިތުރު 122 މީހުން ބައްޔަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 84،484ށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،564 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 16 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މި ބަލީގައި 231 މީހުން ނިޔާވެފައިވާއިރު، 82،676 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ކޮވިޑްގެ 4 ވަނަ ރާޅަށްފަހު ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައެވެ. ނަމަވެސް އަދިވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.


Advertisement
- ކޮމެންޓް