ކ. މާލެ
|
27 ސެޕްޓެންބަރ 2021 | ހޯމަ 23:51
އެޗްޕީއޭގެ ޓެގް ގްރޫޕްގެ މެމްބަރު ޑރ. ނަޒްލާ މުޞްޠަފާ
އެޗްޕީއޭގެ ޓެގް ގްރޫޕްގެ މެމްބަރު ޑރ. ނަޒްލާ މުޞްޠަފާ
ރައީސް އޮފީސް
އާންމު ބަލިތައް އިތުރުވުން
ކޮވިޑް-19 ކޮންޓްރޯލްވެއްޖެ، އެކަމަކު ރޯގާތައް ވަރަށް ބޮޑަށް އެބަ ފެތުރޭ: ނަޒްލާ
ރޯގާގެ އަލާމަތެއް ހުރި ނަމަ ސްކޫލަށް ނުފޮނުވުމަށް ވިދާޅުވި
ބެލެނިވެރިންނާއި ދަރިވަރުން ސަމާލުވުމަށް އިލްތިމާސްކުރެއްވި

ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް އާންމު ރޯގާ ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެމްބަރު ޑރ. ނަޒްލާ މުޞްޠަފާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޒްލާ ވިދާޅުވީ, މިދުވަސްވަރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އާންމު ރޯގާތައް އިތުރުވެފައިވާ ކަމަށާއި، އެހެންކަމުން މިކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ނަޒްލާ ވިދާޅުވީ އާންމު ރޯގާތައް އިތުރުވުމުން ދަރިވަރުންނާއި ބެލެނިވެރިން އެކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން ރޯގާ ޖެހިއްޖެ ނަމަ ދަރިވަރުން ސްކުލަށް ނުފޮނުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. ނަޒްލާ ވިދާޅުވީ ރޯގާ ޖެހިގެން ބައެއް ކުދިން ވަރަށް ބޮޑަށް ބަލިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮވިޑްގެ ހަތަރުވަނަ ރާޅަށްފަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިހާތަނަށް ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ވެކްސިން ފުރިހަމަކޮށްފައިވާއިރު، ނަޒްލާ ވިދާޅުވީ, މާލޭގައި ފެންނަމުންދާ ކޭސްގެ އަދަދު މަދުވަނީ މާލޭގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރާތީ ކަމަށް ބެލެވޭ ކަމަށެވެ.


Advertisement
- ކޮމެންޓް