ކ. މާލެ
|
27 ސެޕްޓެންބަރ 2021 | ހޯމަ 10:57
އޮލެފް ޝޮލްޒް
އޮލެފް ޝޮލްޒް
ސީ.އެން.އެން
ޖަރުމަނުވިލާތުގެ އިންތިޚާބު
ޖަރުމަނުގެ އިންތިޚާބު އެސްޑީޕީ ކާމިޔާބުކޮށްފި
އެސްޕީޑީ އިންތިޚާބު ކާމިޔާބުކުރީ 25.7 ޕަސެންޓު ވޯޓުން
ދާއިމީ ނަތީޖާ އިޢުލާން ކުރެވެން އަދި 2 ހަފްތާވަރު ނަގާނެ
ކޯލިޝަނެއް އުފެއްދުމަށް ލިބުނު ފުރުސަތެއް

ޖަރުމަނުވިލާތުގެ ޗާންސެލަރ ހޮވުމަށް ބޭއްވި އިންތިޚާބު ހަނި ފުރުސަތަކުން ސޯޝަލް ޑިމޮކްރެޓް ޕާޓީ(އެސްޑީޕީ)ން ކާމިޔާބު ކޮށްފިއެވެ.

މި ނަތީޖާއާއެކު ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އޯލަފް ޝޯޒް އަށެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކުރި ގޮތުގައި ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޑީޕީ) އަށް ލިބިފައިވަނީ 25.7 ޕަސެންޓް ވޯޓެވެ. އެންޖެލާ މާކެލްގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން / ކްރިސްޓިއަން ސޯޝަލް ޔޫނިއަން (ސީޑީޔޫ / ސީއެސްޔޫ) އަށް 24.1 ޕަސެންޓެވެ.

އެގައުމުގެ އައު ޗާންސެލަރގެ މަޤާމަށް ހޮވިވަޑައިގެންނެވި އޯލަފް ޝޯޒް އަކީ މާކެލްގެ ސަރުކާރުގައި 2018 އިން ފެށިގެން ވައިސް ޗާންސެލަރ އަދި ފައިނޭންސް މިނިސްޓަރކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެބޭފުޅާވަނީ 2011 އިން 2018 އަށް ހެމްބަރގް ގެ ފުރަތަމަ މޭޔަރުކަން ވެސް ކުރައްވާފައެވެ.

ވަގުތީ ނަތީޖާ އިޢުލާން ކުރެވި، ދާއިމީ ނަތީޖާއަކަށް 2 ހަފްތާއެއްހާ ދުވަސް އޮތްއިރު، އެ މުއްދަތަކީ އެ ޕާޓީއަށް އެހެން ޕާޓީތަކާއި މަޝްވަރާކޮށް ކޯލިޝަނެއް އުފެއްދުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ޖަރުމަނުވިލާތުގެ ޗާންސެލަރކަމުގެ މަޤާމުގައި ހުންނެވި އެންޖެލާ މާކެލްވަނީ 16 އަހަރަށްފަހު މަޤާމުގެ މަސްޢޫލިއްޔަތުތަކާ ދުރުވުމަށް ނިންމަވާފައެވެ.

- ކޮމެންޓް