ކ. މާލެ
|
27 ސެޕްޓެންބަރ 2021 | ހޯމަ 07:44
މާލެ އަށް ވާރޭވެހިފައި ވަނިކޮށް
މާލެ އަށް ވާރޭވެހިފައި ވަނިކޮށް
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އާދީއްތަ ދުވަހު ޕޮޒިޓިވްވީ 72 މީހުން
މާލެ ސަރަހައްދުން 31 މީހުން ޕޮޒިޓިވްވެފައިވޭ
އަތޮޅު ތެރެއިން 36 މީހަކު ޕޮޒިޓިވްވި

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 ށް ޕޮޒިޓިވްވީ 72 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 06:00 އިން ފެށިގެން އާދީއްތަ ދުވަހުގެ ހަވީރު 06:00 ށް ރާއްޖެއިން 4،632 މީހުން ކޮވިޑަށް ވަނީ ޓެސްޓުކޮށްފައެވެ. އަދި އޭގެ ތެރެއިން 72 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 31 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 36 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 4 މީހުންގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވްވި މީހެކެވެ.

އިތުރު 72 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 84،362 ށް އަރާފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި 1،551 ކޭސް އުޅޭއިރު، އޭގެ ތެރެއިން 20 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މި ބަލީގައި 231 މީހުން ނިޔާވެފައިވާއިރު، 82،567 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ކޮވިޑްގެ 4 ވަނަ ރާޅަށްފަހު ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައެވެ. ނަމަވެސް އަދިވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.


Advertisement
- ކޮމެންޓް