ކ. މާލެ
|
26 ސެޕްޓެންބަރ 2021 | އާދީއްތަ 13:55
ބ. އޭދަފުށި
ބ. އޭދަފުށި
އޭދަފުށި ޓައިމްސް
އޭދަފުށިން ގޯތި ދޫކުރުން
އޭދަފުށިން ގޯތި ދޫކުރުން ލަސްވަނީ ކޯޓުގައި މައްސަލައެއް އޮތީމަ: ކައުންސިލްގެ ރައީސް
ކޯޓުން އެންގިހާ އަވަހަކަށް ގޯތި ދޫކުރާނެ
އޭދަފުށިން ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއްވެއްޖެ
އޭދަފުށިން ގޯތި ބޭނުންވާ 600 އެއްހާ މީހުން އެބަތިބި

ބ. އޭދަފުށިން ގޯތި ދޫކުރުމުގެ މަސައްކަތް މިވަގުތަށް މެދުކަނޑާލާފައިވާކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި އޭދަފުށީ ކައުންސިލްގެ ރައީސް ފާތިހު ވިދާޅުވީ އޭދަފުށިން ގޯތި ދޫކުރުމުގެ މަސައްކަތަކީ ވިހާވެސް އަވަހަކަށް ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް މި މަސައްކަތް ނުފެށި ލަސްވަނީ އޭދަފުށިން ގޯތި ދޫކުރުމާ ގުޅޭ މައްސަލައެއް ކޯޓު މަރުހަލާގައި އޮތީމާ ކަމަށް ކައުންސިލްގެ ރައީސް ފާތިހު ވިދާޅުވިއެވެ.

އެ މައްސަލަ ނިމުމުގެ ކުރިން އޭދަފުށިން ގޯތި ދޫކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ކޯޓުން އަންގާފައިވާކަމަށާއި، މި މައްސަލަ ނިމުނުހާ އަވަހަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ފާތިހު ވިދާޅުވިއެވެ.

ފާތިހު ވިދާޅުވީ އޭދަފުށިން ގޯތި ބޭނުންވާ ގިނަ ބަޔަކު އެބަތިބި ކަމަށެވެ. 2019 ވަނަ އަހަރުގެ ތެރޭގައި ގޯއްޗަށް އެދުމަށް ހުޅުވާލި ހުޅުވާލުމުން ވެސް 600 އަށްވުރެ ގިނަ މީހުން ގޯތި ބޭނުންވެގެން ފޯމު ލާފައިވާކަމަށާއި، އޭގެތެރެއިން ގޯތި ދޫކުރަން ނިންމީ 158 މީހަކަށް ކަމަށް ފާތިހު ވިދާޅުވިއެވެ.

އަޅުގަނޑުމެން މި މަސައްކަތްތައް ކުރިއަށްގެންދަން މިހާރުވެސް ވަރަށް ބޭނުންވޭ. އެކަމަކު ކޯޓު މަރުހަލާގައި އޮތް ކަމަކަށްވާތީ މަޑުޖައްސާލާފައި އޮތީ. ކޯޓުން ވަކި ގޮތެއް ނުނިމޭތީ.
އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު

އޭދަފުށިން ގޯތި ދޫކުރަން ޝަރުތު ހަމަވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވާއިރު، ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށްނުދާތީ އެރަށު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އޭދަފުށިން ގޯތި ދޫނުކުރާތާ މިހާރު މިވަނީ 30 އަށްވުރެ ގިނަ އަހަރު ވެފައެވެ.

- ކޮމެންޓް
26 ސެޕްޓެންބަރ 2021 | އާދީއްތަ 15:02
މާހު
މީ ވަރަށް ދެރަހިތާމަހުރިކަމެއް. އެންމެބޭފުޅަކާ ހެދި ބާކީ ތިބި 157 ބޭފުޅުންގެ ހައްގުތައް ލިބުމުގައި އެތައްދުވަހެއް ލަސްވެގެން ދާތީވެ. މިމައްސަލަ ވީހާވެސް އަވަހަށް ނިންމާލަދިނުން ވަރަށް އަދަބުވެރިކަމާއެކު އެދެން.