ކ. މާލެ
|
26 ސެޕްޓެންބަރ 2021 | އާދީއްތަ 11:51
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
މުހައްމަދު ޝަރުހާން
ހައިކޯޓުގެ ފަނޑިޔާރު ފަރްހީޒާ
ހައިކޯޓުގެ ފަނޑިޔާރު ފަރްހީޒާގެ ސުލޫކީ މައްސަލަ ސާބިތެއްނުވި
ޖޭއެސްސީން ބުނީ، އެ މައްސަލަ ތަހުގީގުކޮށް ނިމިފައިވާ ކަމަށް
2021 ޖަނަވަރީ 10 ވަނަ ދުވަހު ނޯޓިސް ދީފައިވޭ
ފަރްހީޒާ ވަނީ މީގެ ކުރިން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުކަން ވެސް ކުރައްވާފައި

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާއާއި ބެހޭގޮތުން ތަޙްޤީޤްކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އާދިއްތަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައަކީ ޤާނޫނު  ނަންބަރު  10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން  ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ. އެގޮތުން މި މައްސަލައާ ގުޅިގެން 2021 ޖަނަވަރީ 10 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤްކުރުމަށް ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާއަށް ނޯޓިސް ދެވިފައިވާކަން ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.

ޖޭއެސްސީން ބުނީ، އެ މައްސަލަ ތަހުގީގުކޮށް ނިމިފައިވާ ކަމަށާއި، މައްސަލަ ސާބިތު ނުވާކަމަށް 2021 ސެޕްޓެންބަރު 19 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 71 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ފަނޑިޔާރު ފަރްހީޒާ ވަނީ މީގެ ކުރިން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުކަން ވެސް ކުރައްވާފައެވެ. އެގޮތުން މި މައްސަލައަކީ ސ. ފޭދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވެވި ޝަރީއަތުގެ މަޖިލީހެއް ނިމުނީކަމަށް އިއުލާނު ކުރެއްވުމަށްފަހު، މައްސަލައިގައި ހިމެނޭ ޚަސްމަކާއި ހައިކޯޓުގެ ފަނޑިޔާރަކަށް ހުންނަވައި އޭނާ ވަކިން ބައްދަލު ކުރެއްވިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

- ކޮމެންޓް