ކ. މާލެ
|
22 މެއި 2017 | ހޯމަ 21:39
ބާހްބަލީ2
ބާހްބަލީ2
ގޫގުލް
"ބާހްބަލީ2"
"ބާހްބަލީ2" އަށް 22 ދުވަސް: 1517 ކުރޯޑް ރުޕީސް
އެފިލްމު ވަނީ ފުރަތަމަ ދުވަހުގައި ވެސް 70 ކުރޯޑް ރުޕީސްގެ އާމްދަނީ އެއް ހޯދާފައި

"ބާހްބަލީ2"އެޅުވިތާ 22 ދުވަހުގެ ތެރޭގައި އެފިލްމަށް 1517 ކުރޯޑް ރުޕީސް ލިބިއްޖެއެވެ.

"ބާހްބަލީ2" އެޅުވި ފުރަތަމަ ދުވަހުގައިވެސް އެފިލްމު ވަނީ ފުރަތަމަ ދުވަހުގައި ވެސް 70 ކުރޯޑް ރުޕީސްގެ އާމްދަނީ އެއް ހޯދާފައެވެ. "ބާހްބަލީ 2" ގެ ޓްރެއިލާ އޮންލައިންކޮށް އެންމެ ގިނަ މީހުން ބެލި ޓްރެއިލާއަށް ވެސް ވަނީ ވެފައެވެ.އޮންލައިންކޮށް "ބާހްބަލީ 2" ގެ ޓްރެއިލާ މީހުންގެ އަދަދު ވަނީ 100 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައެވެ. . “ ބާހްބަލީ 2" އަޅުވާފައި ވަނީ 9000 ސްކްރީނެއްގައެވެ. އިންޑިއާގެ 6،500 ސިނަމާގައި އަޅުވާފައިވާއިރު އިންޑިއާ ނޫން އެހެން ގައުމުތަކުގެ 2،000 ސިނަމާގައި ވަނީ އެ ފިލްމު އަޅުވާފައެވެ.

އެމެރިކާގެ 1،100 ސްކްރީނެއްގައި "ބާހްބަލީ 2" ގެ ތެލަގޫ، ތަމަޅަ އަދި ހިންދީ ވާޝަން ވަނީ އަޅުވާފައެވެ.  އަދި ކެނެޑާގެ 150 ސްކްރީނެއްގައި ވަނީ އަޅުވާފައެވެ.

ތެލެގޫ ބަހުން އުފެއްދި މި ފިލްމް ހިންދީ ބަހުގެ އިތުރުން، އިންޑިއާގެ އެހެން ގިނަ ބަސްތަކުން ވެސް ޑަބްކޮށްގެން ވަނީ ރިލީޒްކޮށްފައެވެ. ފުރަތަމަ ބައި ވެސް ރިލީޒްކުރީ އެގޮތަށެވެ.2015 ވަނަ އަހަރު ނެރުނު "ބާހްބަލީ"ގެ ފުރަތަމަ ފިލްމު "ބާހްބަލީ" އަކީ ވެސް ކާމިޔާބު މޮޅު ފިލްމެކެވެ.

"ބާހްބަލީ 2" ގެ ހިންދީ ވާޝަން ގެނެސް ދެނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުންނެވެ.

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2" ގައި ވެސް ފެނިގެންދާނީ ފުރަތަމަ ބައިން ވެސް ފެނިގެންދިޔަ ތަރިންނެވެ. އޭގެ ތެރޭގައި ތަމަންނާ ބާޓިއާ، އަނުޝްކާ ޝެޓީ، ރާމިއާ ކްރިޝްނަން، ޕްރަބާސް އަދި ރާނާ ދަގޫޕަތީ ހިމެނެއެވެ.

- ކޮމެންޓް