ކ. މާލެ
|
26 ސެޕްޓެންބަރ 2021 | އާދީއްތަ 06:50
މާލޭގެ މަގުމަތި، މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވަނީ ކޮންޓްރޯލް ކުރެވިފައި
މާލޭގެ މަގުމަތި، މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވަނީ ކޮންޓްރޯލް ކުރެވިފައި
އަތޫފް އާތިފް
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ހޮނިހިރު ދުވަހު އަތޮޅުތެރެއިން ޕޮޒިޓިވްވީ 88 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 32 މީހުން
ރިސޯޓުތަކުން 4 މީހުން ޕޮޒިޓިވްވެފައިވޭ

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 126 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުކުރު ދުވަހުގެ ހަވީރު 06:00 ން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރު 06:00 އާ ހަމައަށް 3،893 މީހުން ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން 126 މީހުން ޕޮޒިޓިވްވެފައިވާއިރު، އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 32 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 88 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 04 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 2 މީހުންނެވެ.

އިތުރު 126 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1،614 ށް އަރާފައެވެ. އަދި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 84،290 ށް އަރާފައެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 15 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މި ބަލީގައި 231 މީހުން ނިޔާވެފައިވާއިރު، 82،432 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ކޮވިޑްގެ 4 ވަނަ ރާޅަށްފަހު ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައެވެ. ނަމަވެސް އަދިވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.


Advertisement
- ކޮމެންޓް