Advertisement
ކ. މާލެ
|
25 ސެޕްޓެންބަރ 2021 | ހޮނިހިރު 22:24
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގެ ފުރިހަމަ ނަތީޖާ އާދީއްތަ ދުވަހު ލިބިގެންދާނެ
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގެ ފުރިހަމަ ނަތީޖާ އާދީއްތަ ދުވަހު ލިބިގެންދާނެ
ރާއްޖެއެމްވީ
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު: ވާދަކުރެއްވި ނުފޫޒުގަދަ ބޭފުޅުން ގޮނޑި ކާމިޔާބު ކުރައްވައިފި
މާލެ ސިޓީގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ކުރީގެ މޭޔަރ ސިފާ މުހައްމަދު
އަލިފުށީ ދާއިރާގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ބިގޭ
މިނިސްޓަރ މަހުލޫފް ގޮނޑި ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުން

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން ޤައުމީ މަޖިލީހުގެ ގޮނޑިއަށް ވާދަކުރެއްވި ނުފޫޒުގަދަ ބޭފުޅުން ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.

މިހާތަނަށް އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން މާލެ ސިޓީގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ، މާލެ ސިޓީގެ ކުރީގެ މޭޔަރ ސިފާ މުހައްމަދެވެ. ސިފާއާ ވާދަ ކުރެއްވީ، އަކްރަމް ކަމާލުއްދީނެވެ.

އިންތިޚާބުގައި އެންމެ ފަހު ވަގުތު ވާދަކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވަނީ ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބު ކުރައްވާފައެވެ. މަހުލޫފްއަކީ މިފަހަރުގެ އިންތިޚާބު އެންމެ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އެއް ކެންޑިޑޭޓްވެސް މެއެވެ. މަހުލޫފްގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

ވާދަވެރި ދާއިރާއެއްގެ ގޮތުގައި ފާހަގަވެގެންދިޔަ އަލިފުށީ ދާއިރާގެ ރައީސްކަން އިނގުރާދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އާއި ވާދަކޮށް އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ވަނީ ކާމިޔާބު ކުރައްވާފައެވެ.

Advertisement

ގިނަ ދާއިރާތަކުން މިހާތަނަށް ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓުންނަކީ ރައީސް ސާލިހަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މި އިންތިޚާބުގެ ނަތީޖާ ގުޅިފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއެވެ.

އިންތިޚާބުގެ ފުރިހަަމަ ނަތީޖާއެއް ލިބިގެންދާނީ އާދީއްތަ ދުވަހުއެވެ. އެމްޑީޕީން ބުނެފައިވަނީ އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ވަރަށް އަމާންކޮށްކަމަށެވެ. މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މީހަކު އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ، އިންތިހާބުގެ ވޯޓު ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މިބޭފުޅުން ހޮވިފައިވަނީ ހޮވާންޖެހޭ އަދަދަށްވުރެ އިތުރަށް މެމްބަރުން ކުރިމަތި ނުލުމުންނެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަކީ މިހާތަނަށް އެޕާޓީން ބޭއްވި އެންމެ ވާދަވެރި އިންތިޚާބެވެ. އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް