ކ. މާލެ
|
22 މެއި 2017 | ހޯމަ 20:13
އެޓްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ
އެޓްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ
ޓްވިޓަރ
ޑިއެގޯ ސިމިއޯނީ
އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ
ސިމިއޯނީ ވަނީ އެޓްލެޓިކޯގައި ކުޅުންތެރިޔެއްގެ ގޮތުގައިވެސް ކާމިޔާބީ ހޯދާފައި
ސިމިއޯނީ އެޓްލެޓިކޯގެ ކޯޗުކަމާ ހަވާލުވީ 2011 ވަނަ އަހަރު

 

އެޓްލެޓިކޯ މެޑްރިޑްގައި މަޑުކުރަން ނިންމިކަން އެޓީމުގެ ކޯޗު ޑިއެގޯ ސިމިއޯނީ އިއުލާންކޮށްފި އެވެ.

މި ސީޒަނަށްފަހު ކްލަބް ދޫކޮށްލާނެކަމަށް ބެލެވުނު ސިމިއޯނީ ކްލަބްގައި މަޑުކުރާނެކަން އިއުލާންކުރީ އެތްލެޓިކޯ ބިލްބާއޯ އަތުން 1-3 ގެ ނަތީޖާއިން އެޓީމު މޮޅުވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ސިމިއޯނީ ބުނީ އެޓްލެޓިކޯގައި ރަނގަޅު މުސްތަގުބަލެއް އެބަ އޮތް ކަމަށާއި، އެ މުސްތަގުބަލު އުޖާލާ ކުރެވޭނީ ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އެގޮތުން އޭނާ ވަނީ ކްލަބް ދޫކޮށްނުލާނެކަމުގެ ޔަގީންކަން ދީފައެވެ.

މި ހަފްތާ ކުރީކޮޅު ސިމިއޯނީ ވަނީ އެޓްލެޓިކޯގެ ރައީސް މިގުއެލް އެންހަލް ގިލް މާޓިން އަދި ސްޕޯޓިން ޑައިރެކްޓަރު އެންޑްރޭ ބާޓާއާ ބައްދަލުކޮށްފައި ކަމަށް ރިޓްތައް ބުނެއެވެ. އެގޮތުން ސިމިއޯނީ މަގާމުގައި ދެމި ހުންނަން ނިންމީ އެ ބައްދަލުވުމަށްފަހު ކަމަށް ބެލެވެއެވެ.

ސިމިއޯނީ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ސިމިއޯނީ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަނީ އިންޓަ މިލާނުންނެވެ. އެގޮތުން އެ ކްލަބުން އޭނާއާ އެކު އެކިފަހަރު މަތިން މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.

އެޓްލެޓިކޯ މެޑްރިޑަށް މީގެކުރިން ކުޅެފައިވާ ސިމިއޯނީ އެޓީމުގެ ކޯޗުކަމުގެ މަގާމާ ހަވާލުވީ 2011 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް އެޓީމަށް 319 މެޗުގައި ކޯޗުކޮށްދީފައެވެ. އޭގެ ތެރެއިން 199 މެޗުން އެޓީމު މޮޅުވިއިރު، 54 މެޗުން ވަނީ ބަލިވެފައެވެ. އަދި 66 މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

ކުޅުންތެރިޔެއްގެ ހައިސިއްޔަތުން އެޓްލެޓިކޯއާއެކު ލީގު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފައިވާ ސިމިއޯނީ ވަނީ އެ ކްލަބުގެ ކޯޗުކަމާ ހަވާލުވެ ފަސް ތަށި އެޓީމަށް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް