ކ. މާލެ
|
22 މެއި 2017 | ހޯމަ 18:43
ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވައިގެ ޕޯސްޓަރ
ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވައިގެ ޕޯސްޓަރ
ޓްވިޓަރ
ޝަލަބީ އިބްރާހިމް
"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ
 
އާދޭސް ނެރުނީ މިމަހުގެ 13 ގައި

އިންޑިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ވިދާލި ޝަލަބީ އިބްރާހީމްގެ އެންމެ ފުރަތަމަ ނިކުތް އޭނާގެ ފުރަތަމަ ވީޑިއޯ ލަވަ "އާދޭސް" އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާކަހަލަ ލަވައެއް ކަމަށް އޭނާ ބުނެފިއެވެ.

"އާދޭސް" ލަވައާ ބެހޭގޮތުން ރާއްޖެޓީވީގެ "ކުލަސްކްރީން" ޕްރޮގްރާމުގައިވާހަކަ ދައްކަމުން ޝަލަބީ ބުނީ އޭނާ އާންމުކޮށް ނުކިޔާ ވައްތަރެއްގެ ލަވައަކަށްވުމުން އަޑުއެހުމަށް ފަހު އެލަވަ ހަޑިއޭ އަދި ރީއްޗޭ ވެސް ބުނާ ކަމަށެވެ. އެ ލަވަ އަށް އޭނާ އެންމެ ރަނގަޅަށް މަސައްކަތް ކުރިކަމަށާއި އެއީ އޭނާއަށް ލިބުނު ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށް ޝަލަބީ ބުންޏެވެ. އަދި މިލަވަ މިހާ ފުރިހަމަ ލަވައެއްގެ ގޮތުގައި ނެރެވުނީ ވަރަށް ގިނަ މީހުންގެ މަސައްކަތުން ކަން ފާހަގަކޮށް ޝަލަބީ ވަނީ އެހީވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. 

ޝަލަބީގެ "އާދޭސް" ނެރެފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ. 

ޝަލަބީގެ މެނޭޖަރ ޝަފީގް އަލީ (ސައްޕެ) ބުނި ގޮތުގައި އެ ލަވައަކީ "ޑިޕްރެޝަން ލަވްސްޓޯރީއެއް" ކަމަށެވެ. މި ލަވައިގެ ޝޫޓިން ތިން މަސްދުވަހުން ނިންމާލާފައިވާއިރު ބޮޑު ބައެއް ނަގާފައި ވަނީ ގުދަނެއްގެ ތެރޭގައި ބޮޑު ސެޓެއްގައެވެ.

މި ލަވަ ބަލާލުމުން ވެސް ލަވައިގެ ވީޑިއޯ ފުރިހަމަ ކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތް ފެނެއެވެ.

"އާދޭސް" ގެ ލިރިކްސް ހަދާފައިވަނީ ޝަލަބީގެ ބޭންޑް ކަމަށްވާ "ހައުސްއޮފް މިއުޒިކް" އިންނެވެ. މި ލަވައިގައި ޝަލަބީގެ އިތުރުން ފެނިގެން ދާނީ މޮޑެލް ޝައްމަތު އިބްރާހިމް އަދި ހައުސް އޮފް މިއުޒިކް ބޭންޑެވެ. ޝައްމަތަކީ ދާދި ފަހުން ނިކުތް މުންކޮގެ ފިލްމު ކަމަށްވާ "އިލް ނޮއިސް" އިންވެސް ފެނިގެންދިޔަ ފަރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
22 މެއި 2017 | ހޯމަ 15:26
ާިިިިިިޖަޖު
އިންޑިއެން އައިޑޮލް.... ހެހެ ހެ ހެ