ކ. މާލެ
|
23 ސެޕްޓެންބަރ 2021 | ބުރާސްފަތި 12:41
ހިޔާ ފުލެޓްތައް
ހިޔާ ފުލެޓްތައް
ރާއްޖެ އެމްވީ
ފިޔާފުލެޓްތަކުގައި ސީސީޓީވީ ހަރުކުރުން
ހިޔާ ފްލެޓްތަކުގައި ސީސީޓީވީ ހަރުކުރަނީ
 
މި މަސައްކަތްވަނީ 3 ޕްރޮޖެކްޓަކަށް ބަހާލާފައި

ހިޔާ ފުލެޓްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފިއެވެ.

ހައުސިން ޑިވެލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ ހުޅުމާލޭ ފޭސް 2 ގައި އަޅާފައިވާ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ސީސީޓީވީ ސިސްޓަމް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި ހަރުކޮށްދޭނެ ފަރާތެއް ހޯދަމުންދާ ކަމަށެވެ.

އެ ކުންފުނިން ކޮށްފައިވާ އިޢުލާނުގައި މި މަސައްކަތްވަނީ 3 ޕްރޮޖެކްޓަކަށް ބަހާލާފައެވެ. ކޮންމެ ޕްރޮޖެކްޓެއްގައި ހިޔާ ފްލެޓްގެ ހަތަރު ޓަވަރު ހިމެނިފައިވާއިރު، ކޮންމެ 2 ޓަވަރެއް މޮނިޓަރ ކުރެވޭގޮތަށް ހުންނަންޖެހެނީ 1 ކޮންޓްރޯލް ރޫމަށެވެ. ކޮންމެ ޕްރޮޖެކްޓެއް ވެސް ފުރިހަމަކުރުމުގެ މުއްދަތަކަށް ދީފައިވަނީ ގިނަވެގެން 120 ދުވަހެވެ.  

މި މަސައްކަތަށް ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށް ބިޑް ހުށަހެޅުމަށް ހުޅުވާލާފައިވާއިރު ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 50،000 ރުފިޔާ ވަނީ ހަމަޖައްސާފައެވެ.

މި މަސައްކަތުގެ ޕްރީ ބިޑް މީޓިންގް މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1 ޖަހާއިރު އޮންނާނެ ކަމަށާއި، ލިޔުމުން އިތުރު މަޢުލޫމާތު ސާފުކުރުމާއި، ސުވާލު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ މެންދުރު ފަހު 1:00ގެ ކުރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް