ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ޑައުންޓައުންގައި ހުންނަ ހޮސްޕިޓަލެއްގައި ދިން ބޮމުގެ ހާދިސާއެއްގައި 24 މީހަކަށް ކުދި އަނިޔާތަކެއް ލިބިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ބޮމުގެ ހަމަލާ ދިން އިރު ތައިލެންޑުން ދަނީ، މެއި 2014 ގައި ތައިލެންޑަށް ގެނެވުނު އަސްކަރީ ބަޣާވާތަށް ތިން އަހަރުފުރުން ފާހަގަ ކުރަމުންނެވެ.
ބޮމުގެ ހަަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ.
ތައިލެންޑުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ކިންގް މޮންގްކުޓް ހޮސްޕިޓަލުގައި ބޮމުގެ ހާދިސާ ހިނގާފައި ިވަނީ ރިޓަޔާ ކޮށްފައިވާ މިލިޓަރީ އޮފިޝަލުންނަށް ހާއްސަ ގެސްޓް ކޮޓަރިއެއްގައެވެ.
ރިޕޯޓުތައް ބުނާގޮތުން ފުލުހުން ދަނީ ހާދިސާ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނެފައި ވަނީ ގޮވީ "ބޮމެއް ކަން" ޔަގީނެވެ.