ކ. މާލެ
|
23 ސެޕްޓެންބަރ 2021 | ބުރާސްފަތި 06:20
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން އަޕްޑޭޓް
ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 333،662 ށް އަރައިފި
ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 391،309 ށް އަރާފައި
އަންގާރަ ދުވަހު މާލެ ސަރަހައްދުން 208 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައި

ރާއްޖެއިން ކޮވިޑް-19 ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 333،662 ށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހު 156 މީހުން ވަނީ ކޮވިޑްގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 77 މީހުންނާއި، އަތޮޅު ތެރެއިން ވެކްސިން ޖެހި 79 މީހުންނެވެ. މީގެ އިތުރުން ވެކްސިންގެ ދެވަނަ ޑޯޒު 1133 މީހުން ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 208 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 925 މީހުންނެވެ.

އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 391،309 ށް އަރާފައެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 333،662 ށް ވަނީ އަރާފައެވެ.

އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް ސަރުކާރުން ވަނީ ވެކްސިނޭޝަން ޕްރޮގްރާމެއް ފަށާފައެވެ. އެހެންނަމަވެސް އޮގަސްޓު މަސް ނިމުމުގެ ކުރިން ސަރުކާރުން ކަނޑައެޅި އަމާޒަށް ވާސިލްވެވިފައެއް ނުވެއެވެ. އެހެންކަމުން އަދިވެސް މި ވެކްސިނޭޝަން ޕްރޮގްރާމް ދަނީ ކުރިއަށެވެ. 

ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ބަލިން ދިފާއުވުމަށް ވެކްސިން ވަރަށް މުހިންމު ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ބަލިން މީހާއަށް ކުރާ އަސަރު ކުޑަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.


Advertisement
- ކޮމެންޓް