ކ. މާލެ
|
22 ސެޕްޓެންބަރ 2021 | ބުދަ 15:36
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު
ރައްޔިތުންގެ މަޖިލިސް
ޕެޓިޝަން ކޮމިޓީ
ސަރުކާރުން ސަބްސިޑައިޒް ކޮށްގެންވެސް 5000 ރުފިޔާއަށް ހިޔާ ފްލެޓްގެ ކުލި ކުޑަވާން ޖެހޭ - ސަލީމް
 
އަގު ހުށަހަޅާފައި އޮތްއިރު އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް ދިނީ ވަކި ބޭނުމެއްގައި
 
ތަހުގީގު އިދާރާތައް މިއަދު އޮތީ ފެއިލް ވެފައި
 
ބޭނުން ގޮތަކަށް ލޯނު ނަގާ ޚަރަދު ކޮށްފައިވާކަން ފެންނަން އެބައޮތް

ސަރުކާރުން ސަބްސިޑައިޒް ކޮށްގެންވެސް 5000 ރުފިޔާއަށް ހިޔާ ފްލެޓްގެ ކުލި ކުޑަވާން ޖެހޭ ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްގައި ހުރި ކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި އިދާރާ ތަކާއެކު ބޭއްވި ބައްދަލުވުމުގައި ސަލީމް ވިދާޅުވީ، މިކަހަލަ ކުޑަ ކޮށްޓަކަށް ވަންނައިރު 5000 ރުފިޔާ އެއީ ބޮޑު އަދަދެއް ކަމަށެވެ. އަތުން އެތައް ޚަރަދެއް ކޮށްފައި 5000 ރުފިޔާ ކުއްޔަށް ދައްކަން ބޮޑު ކަމަށާއި، މިފަދަ ބޮޑު ދެރައެއް ރައްޔިތުންނަށް ދޭއިރު ސަރުކާރުން ކޮންމެވެސް ކަމެއް ކުރަން ޖެހޭ ކަމަށެވެ.

ކަން ހިގާފައި އޮތް ގޮތް ތަހުގީގު ކުރުމަށް ތަހުގީގު އިދާރާތަކަށް ދޫކޮށްލުމަށްފަހު، އިތުރު ފައިސާ ސަރުކާރުން ލާފައި ނަަމަވެސް 5000ށް އެތަނުގެ ކުލި ކުޑަ ކުރުމަށް އޮތީ ކޮން ހުރަހެއްތޯ މެމްބަރު ސަލީމް ވަނީ ސުވާލު އުފައްދަވާފައެވެ.

ސަލީމް ވިދާޅުވީ، ތަހުގީގު އިދާރާތައް މިއަދު އޮތީ ފެއިލް ވެފައި ކަމަށާއި، ބޭނުން ގޮތަކަށް ލޯނު ނަގާ ޚަރަދު ކޮށްފައިވާކަން ފެންނަން އެބައޮތް ކަމަށެވެ. އަދި ކޮންމެ އެޕާރޓްމެންޓެއް ނިންމިިއިރު އަގަށްވުރެ އެތައް ގުނައެއް ކޮންމެ ޔުނިޓަކުން އިތުރުވެފައިވާ ކަމަށާއި، މި މަޝްރޫއުގައި ޚިޔާނާތް އެބައޮތްކަމަށެވެ.

ތަހުގީގު އިދާރާތައް ފެއިލްވެފައިވާތީ، އެކަމުގެ ފައިދާ ނަގަނީ ކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ކުންފުނިތަކުންވެސް އަގު ހުށަހަޅާފައި އޮތްއިރު ހަމަ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް ދިނީ ވަކި ބޭނުމެއްގައި ކަމަށް ސަލީމް ވިދާޅުވިއެވެ. ރައްޔިތުންނަށް ތަކުލީފު ޖެއްސުމަށްފަހު، އޭރުގެ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ތިއްބެވީ ހުޅުމާލެއިން ގޯތި ނަގައި، ރަނގަޅަށް ގެދޮރު އަޅުއްވައިގެން ކަމަށެވެ.

މިއަށް ޖަވާބުދެއްވައި އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު ވިދާޅުވީ، މިހާރުވެސް ޑިސްކައުޓެއް ދެވިފައިވާ ކަމަށާއި، ފިނިޝިންއަށް ދީފައި އޮތް އެއް އަހަރަށް ދިގު ދަންމާލައިފި ނަމަ އެތަނުގައި ދިރުއުޅޭ ރައްޔިތުން އުޅޭނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. މަޝްރޫއަށް ނަގާފައިވާ ލޯނު ދެއްކޭނީ އެންމެ ކުޑަކޮށްވެސް 8500 ރުފިޔާ ކުއްޔަށް ނަގައިގެން ކަމަށް ސުހައިލް ވިދާޅުވިއެވެ.

ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ހައުސިންގ މަޝްރޫއު އަނިޔާއަކަށް ބަދަލު ކުރީ މި ސަރުކާރުން ކަމަށެވެ. ކުރިން ޕްލޭން ކޮށްފައި އޮތީ، ފްލެޓް ލިބޭ މީހުން ބޭނުންވާ ގޮތަށް ޑިޒައިން ކުރުމަށްފަހު ހަވާލުކުރާ ގޮތަށް ކަމަށެވެ. އެހެންނަމަވެސް އެޗްޑީސީއާއެކު އެގްރީމެންޓްގައި ސޮއިކުރި ނަމަވެސް ސަރުކާރުން އެއްބަސްވެފައިވާ ޓާރމްސް ތަކަށް ބަދަލެއް ނާންނަ ކަމަށެވެ. އޭގައި ފިނިޝިންގ މަސައްކަތް ކުރުމަށް ލިސްޓް ކޮށްފައި ނެތް ކަމަށް ވިދާޅުވިއެވެ.

ފުލުހުން ބުނީ، ސަލާމަތީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެތަނުގައި ފުލުހުންގެ ތިބޭނެ ތަނެއް މިހާރު ހަމަޖެހިފައި އޮތް ކަމަށެވެ. އަންދާޒާ ކޮށްފައިވަނީ 56 ފުލުހުން ބޭނުންވާނެ ކަމަށް މިހާރު އަންދާޒާ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހަށް ހިޔާ ފްލެޓާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަންގައި މައިގަނޑު 3 ކަމަކަށް ޑިމާންޑް ކޮށްފައިވެއެވެ. އެގޮތުން ފްލެޓްގެ ކުލި 5،600 އަށް ކުޑަކުރުމާއި، ފްލެޓްގެ ފިނިޝިންގއަށް ދީފައިވާ މުއްދަތު 12 މަސްދުވަހަށް އިތުރުކޮށްދިނުމާއި، ފްލެޓްގެ ޖުމްލަ ކުލިން އެއްލައްކަ ރުފިޔާ ކުޑަކުރުމަށް ވަނީ ޕެޓިޝަންގައި ޑިމާންޑްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
50%
0%
0%
50%
0%
ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި