ކ. މާލެ
|
22 ސެޕްޓެންބަރ 2021 | ބުދަ 10:37
އަބްދުﷲ ޖާބިރު / ކާށިދޫ ދާއިރާގެ މެމްބަރު
އަބްދުﷲ ޖާބިރު / ކާށިދޫ ދާއިރާގެ މެމްބަރު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވަން ނަޝީދު އެއްބަސް - ޖާބިރު
 
ޖުޑިޝަރީ މިނިވަން ކުރުމުގެ ބާނީ ކަމަށް ސިފަކުރެއްވި
 
އުފާވެރި ދުވަހެއް ކަމަށް ޖާބިރު ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ، ބަރުލަމާނީ ހަޔާތުގައި މިއީ އެންމެ އުފާވެރި ދުވަސް ކަމަށާއި، ރަައީސް ނަޝީދު އެ މަގާމް ދޫކޮށްލަން ނިންމަވާފައިވާ ކަމަށެވެ. ރައީސް ނަޝީދަކީ ރާއްޖޭގެ ޖުޑިޝަރީ މިނިވަން ކުރެއްވި ބާނީކަމަށް ޖާބިރު ވަނީ ސިފަ ކުރައްވާފައެވެ.

އަޅުގަނޑު ވަރަށް އުފާވޭ ގ.ކެނެރީގޭ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުމެންގެ ކަރަންޓް ސްޕީކަރު އެމަގާމު ދޫކޮށްލަން އެއްބަސްވެއްޖެ. އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވަން. އެމަނިކުފާނަށް އަޅުގަނޑު ދޭނީ ބާނީގެ ލަގަބު.
އަބްދުﷲ ޖާބިރު / ކާށިދޫ ދާއިރާގެ މެމްބަރު

ޖާބިރު މިހެން ވިދާޅުވި ނަމަވެސް މަޖިލީހުން މިކަން ހާމައެއް ނުކުރައްވައެވެ.

ޖާބިރު ވިދާޅުވީ ރައީސް ޔާމީނަށްވެސް ޖުޑިޝަރީ މިނިވަން ކުރުން ފުރުސަތު އޮތް ކަމަށާއި، ނަމަވެސް އެކަން އެ ބޭފުޅުންނަށް ނުކުރެއްވުނު ކަމަށެވެ. ނަމަވެސް ޖާބިރު ވިދާޅުވީ މިހާރު ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އާއި ޖޭއެސްސީގައި ތިއްބެވި ސިޔާސީ ބޭފުޅުން ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވަން ޖެހޭކަމަށެވެ.

މޭ6ގެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާއަށް ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު މިހާރު ހުންނެވީ، އިނގިރޭސިވިލާތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
100%
0%
ކޮމެންޓް