ކ. މާލެ
|
22 މެއި 2017 | ހޯމަ 16:59
ރައީސް ސިރިސެނާ ކެބިނެޓަށް ބަދަލުގެންނެވީ އިގްތިސާދު ކުރިޔަށް ގެންދިއުމުގައި އިތުބާރު އަލުން ހޯދުމަށް
ރައީސް ސިރިސެނާ ކެބިނެޓަށް ބަދަލުގެންނެވީ އިގްތިސާދު ކުރިޔަށް ގެންދިއުމުގައި އިތުބާރު އަލުން ހޯދުމަށް
ގޫގުލް
ލަންކާގެ ކެބިނެޓް
ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި
ސިރިސޭނާ ވަނީ ޕޯޓްސް މިނިސްޓަރ މަގާމުން ވަކިކުރައްވާފަ
މަންގަލަ ސަމަރަވީރާ ވަނީ ފައިނޭންސް އެންޑް މާސް މީޑިއާ މިނިސްޓަރަކަށް އައްޔަން ކުރައްވާފަ

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަޒީރުންގެ މަޖިލީހަށް ބަދަލުގެންނަވައި ފޮރިން މިނިސްޓަރ ފައިނޭންސް މިނިސްޓަރުކަމަށް އަދި ފައިނޭންސް މިނިސްޓަރ ފޮރިން މިނިސްޓަރު ކަމަށް ބަދަލު ކުރައްވައިފިއެވެ.

ރައީސް ސިރިސޭނާ ހޯމަ ދުވަހު މި ގެންނެވި ބަދަލަކީ ގައުމުގެ އިގްތިސާދު ކުރިޔަށް ގެންދިއުމުގައި އިތުބާރު އަލުން ހޯދުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށް ސްރީލަންކާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ރައީސްކަމަށް ސިރިސެނާ ވަޑައިގަތީއްސުރެ 2015 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ފޮރިން މިނިސްޓަރުކަމުގެ މަގާމު ފުރުއްވި މަންގަލަ ސަމަރަވީރާ ވަނީ ފައިނޭންސް އެންޑް މާސް މީޑިއާ މިނިސްޓަރަކަށް އައްޔަން ކުރައްވާފައެވެ.

ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވީ ފައިނޭސް މިނިސްޓަރގެ މަގާމު ފުރުއްވި ރަވީ ކަރްނައެކައެވެ.

މިދިއަ އަހަރުގެ ޖޫން މަހު އައިއެމްއެފްއިން ލިބުނު 1.5 ބިލިއަން ޑޮލަރުގެ ލޯން އެހީއާއެކު ރަވީ ކަރްނައެކަ ގެންދެވީ އިގްތިސާދު އަލުން ދިރުވޭނެ ކަމަށް ދެކެވަޑައިގަންނަވަމުންނެވެ.

ލަންކާގެ އާމްދަނީ އިތުރުކުރުމަށްޓަކައި އެ ގައުމުގެ މާލީ ނިޒާމް ޒަމާނާ އެއްގޮތަށް ބަދަލުކުރުމަށް އައިއެމްއެފްއިން ގޮވާލަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

 އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ސަބަބުން ސަރުކާރަށްވަނީ އެކަން ކަން ތަންފީޒުކުރުމުގައި ގޮންޖެހުންތައް ކުރިމަތިވެފައެވެ.

ސްރީ ލަންކާގެ އިގްތިސާދީ ދުވެލި ހުއްޓިފައި ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ.

2016 ވަނަ އަހަރު 4.4 ޕަސެންޓްގައި އިގްތިސާދީ ދުވެލި ހުރިއިރު އެއީ އޭގެ ކުރީއަހަރަށްވުރެ ދަށްވުމެކެވެ. 2015 ވަނަ އަހަރު އެގަމުގެ އިގްތިސާދީ ދުވެލި ހުރީ 4.8 ޕަސެންޓްގައެވެ.

ކެބިނެޓަށް ބަދަލު ގެންނެވީ މަސައްކަތަށް ކުރިއެރުން ގެންނެވުމަށާއި އިތުރުހަކަތަ ދިނުމަށް ކަމަށް ރައީސް ވިދާޅުވިކަމަށް ރައީސް ސިރިސޭނާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ރައީސް ސިރިސޭނާ ވަނީ ޕޯޓްސް މިނިސްޓަރ އަރްޖުނާ ރަނަތުންގަ މަގާމުން ވަކިކުރައްވާފައެވެ. އޭނާ މަގާމުން ވަކި ރައްވާފައިވަނީ ޗައިނާއިން ތަރައްގީ ކުރާ 1.1 ބިލިއަން ޑޮލަރުގެ ބަނދަރުގެ މަސައްކަތް ހުއްޓުވާފައި ވަނިކޮށެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޗައިނާއިން ފަންޑުކޮށްގެން ހިންގާ މި މަޝްރޫއަކީ ގައުމު އިތުރަށް ދަރަނިވެރިވާނެ ކަމެކެވެ.

 

- ކޮމެންޓް