ކ. މާލެ
|
21 ސެޕްޓެންބަރ 2021 | އަންގާރަ 23:57
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ރާއްޖެއެމްވީ
ރައީސް ޞާލިޙް އދ.ގައި
ފަލަސްތީނުގެ ޝުކުރު ރާއްޖެއަށް
ފަލަސްތީނުގެ ވަކާލާތުގައި ދިވެހި ރާއްޖެއިން ނުކުތުމުން އެކަމަށް މަރުހަބާ ވިދާޅުވި
ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ ރައީސް ސުވާލު އުފެއްދެވި

ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވުމާއެކު, ފަލަސްތީނުން ރާއްޖެއަށް ޝުކުރު ދަންނަވައިފިއެވެ.

ފަލަސްތީނުގެ ދައުލަތުގެ ޓްވިޓަރއިން ކުރެއްވި ޓްވީޓެއްގައި ވަނީ, ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހެދުމަށް ކުރެވޭ ބަހުސް 21 ސެޕްޓެމްބަރު 2021ގައި ރައީސް ޞާލިޙް ފައްޓަވައިދެއްވައިފައިވާ ކަމަށެވެ. އަދި އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ވަކާލާތުގައި ދެއްކެވި ވާހަކަފުޅަށް ޝުކުރުއަދާ ކުރައްވާ ކަމަށް ވަނީ ބުނެފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކުގެ ވާހަކައަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގެ އަންހެން, ފިރިހެން, އަދި ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް ނިގުޅައިގަންނަމުންދާ ކަމަށެވެ. 

އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު އެތައް ގައުމަކުން ފަލަސްތީނުގެ ހައްގުގައި އެ ނުކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުންކަން ފާހަގަކުރައްވައި، ރައީސް ޞާލިޙު ވިދާޅުވީ، އދ.ގެ ޢާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގައި ނެރުނު ޤަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ ނަމަވެސް، މަދު އެއްޗަކީ، އަދި އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގުކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ މިނިވަންކަމާއި ހައްގުތަކާއި އިމްތިޔާޒާއި އިޚްތިޔާރުތައް ދޫކޮށްލައި ދިނުމަށް އެދިވަޑައިގަންނަވަމުންނެއެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

- ކޮމެންޓް