Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2021 | ހޯމަ 12:29
ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދޭ
ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދޭ
ރާއްޖެއެމްވީ
ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފް
ޔާމީންގެ ފަރާތުން ހުށައެޅި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބު ދިނުން ބުރާސްފަތި ދުވަހު
ރައީސް ޔާމީނުގެ ފަރާތުން 2 ހުށަހެޅުމެއް ވަނީ ހުށަހަޅުއްވާފައި
ދިފާއުންވަނީ 22 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި
ޝަރީއަތުގައި އެހާ ގިނަ ވަގުތު އިންނެވުން ނުހަނު ދަތިފުޅުކަމަށް ރައީސް ޔާމީން ވިދާޅުވި

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ 5 ވަނަ އަޑުއެހުން ނިންމާލައިފިއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމަކީ ރައީސް ޔާމީނުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި އިސްތިއުނާފީ ނުކުތާތައް ހުށައެޅުމަށް ބޭއްވި އަޑުއެހުމެކެވެ. މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވާއިރު، މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ހުށައެޅިފައިވަނީ އޭގެ ތެރެއިން 7 ނުކުތާގެ ތަފްސީލެވެ. އަދި ހޯމަ ދުވަހުގެ އަޑުއެހުމުގައި ހުށައެޅިފައިވަނީ 4 ނުކުތާއެވެ. އެއަށްފަހު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައިވެސް އިސްތިއުނާފީ ހުރިހާ ނުކުތާއެއް ހުށައެޅިފައެއް ނުވެއެވެ. ވުމާއެކު ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ ބާކީ ހުރި ނުކުތާތައް ތަފްސީލުކޮށްދެއްވާފައެވެ.

ރައީސް ޔާމީނުގެ ފަރާތުން ބަލި ޙާލަތާއި ގުޅިގެން ހުށައަޅުއްވާފައިވާހުށައެޅުއްވުމަކާއިގުޅިގެން ހޯމަ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ 09:00ން ފެށިގެން 12:00 އަށެވެ. ރައީސް ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ހުށައެޅުއްވުމާއެކު، ދެން އޮންނާނީ ދައުލަތުން އެ ނުކުތާތަކަށް ޖަވާބު ދިނުމެވެ. ޝަރީއަތުން ވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ 09:00 ގައި ދައުލަތުން ޖަވާބު ދިނުމަށް އިތުރު އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައެވެ.

Advertisement

ފަނޑިޔާރު މަހާޒް ވިދާޅުވީ، ދައުލަތުން ޖަވާބު ހުށައެޅުމަށްފަހު، ރައީސް ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ ކަފާލާތާއި ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރާއި ގުޅޭގޮތުން ވާހަކަ ދެއްކުން އޮންނާނެކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް