ކ. މާލެ
|
22 މެއި 2017 | ހޯމަ 14:19
ހާފްގާލްފްރެންޑްގެ ޕޯސްޓަރ
ހާފްގާލްފްރެންޑްގެ ޕޯސްޓަރ
ފޭސްބުކް
ހާފްގާލްފްރެްޑް
"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް
ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 50 ކްރޯޑު ރުޕީސް
ފިލްމު ނިކުތުމުގެ ކުރިން 36 ކްރޯޑު ވަނީ ހޯދާފަ

މިމަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް އައި "ހާފްގާލްފްރެންޑް" އަށް ދެދުވަހުން 20 ކުރޯޑް ރުޕީސް ލިބިއްޖެއެވެ. އެފިލްމު އެޅުވުމާއި އެކު ހުކުރުދުވަހު 10 ކުރޯޑް ރުޕީސް ލިބިފައިވާއިރު، ހޮނިހިރުދުވަހު ވެސް ވަނީ އެވަރަށް ލިބިފައެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި މި ފލްމުގެ ތަރުހީބު ބޮޑުވާނެކަމަށް އެނަލިސްޓުން ބުނެއެވެ.

"ހާފް ގާލްފްރެންޑް" ގެ ޑައިރެކްޓާ މޯހިތު ސޫރީ މީގެ ކުރިން ބުނެފައިވަނީ އިންޑިއާގެ ސިނަމާތަކުގައި މިހާރު އަޅުވާފައިވާ "ބާހުބަލީ2" ގެ ސަބަބުން އޭނާގެ ފިލްމަށް އެއްވެސް ދައްޗަކާ ކުރިމަތިވާނެކަމަށް ނުބެލެވޭކަމަށެވެ. އަދި އޭނާ ބޭނުންވަނީ އެއީ ކުޑަބަޖެޓަކުން އުފެއްދި ފިލްމެއްކަމަށް ވިއަސް  "ހާފްގާލްފްރެންޑް" ދެކެ މީހުން ގަޔާވުމަށްކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް މި ފިލްމުގެ ލަވަތަކަށް ތަރުހީބު ބޮޑުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

"ހާފް ގާލްފްރެންޑް" އަކީ އެމެރިކާގައި ހުރިހާ މަންޒަރެއް ޝޫޓްކުރި އިންޑިއާގެ ފުރަތަމަ ފިލްމު ކަމަށް މޯހިތު މީގެ ކުރިން ވަނީ ބުނެފައެވެ. މޯހިތު ބުނީ އެމެރިކާގައި އެ ފިލްމުގެ ބޮޑުބައި ޝޫޓް ކުރީ ހިލޭ ކަމަށެވެ. މި ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 50 ކްރޯޑު ރުޕީސްއެވެ. ފިލްމު ރިލިޒްކުރުމުގެ ކުރިން މިއުޒިކް، ސެޓެލައިޓް، ޑިޖިޓަލް އަދި އޯވަސީޒް ރައިޓްސް ވިއްކާލައިގެން 36 ކްރޯޑު ވަނީ ހޯދާފައެވެ.

އަރުޖުން ކަޕޫރާއި ޝްރައްދާ ކަޕޫރު އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމު "ހާފް ގާލްފްރެންޑް" އަކީ ފުރާވަރު ދެކުދިންގެ ތެރޭގައި އުފެދޭ ލޯބީގެ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމަކީ ވާހަކަ ލިޔުންތެރިޔާ ޗޭތަން ބަގަތު ލިޔެފައިވާ ވާހަކަ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މި ފިލްމް ޕްރޮޑިއުސްކުރަނީ ވެސް ޗޭތަންއެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވާ ޗޭތަންއަކީ ކާމިޔާބު ފިލްމެއް ކަމަށްވާ ފިލްމު "ތްރީ އިޑިއަޓްސް" ވެސް ލިޔުނު ލިޔުންތެރިއާއެވެ. އަދި އަރުޖުން އާއި އާލިޔާގެ "ޓޫ ސްޓޭޓްސް"ގެ ވެސް ލިޔުންތެރިޔާއެވެ.

- ކޮމެންޓް