ކ. މާލެ
|
13 ސެޕްޓެންބަރ 2021 | ހޯމަ 22:23
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ހޯމަ ދުވަހު ޕޮޒިޓިވްވީ 128 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 45 މީހުން
އަތޮޅު ތެރެއިން 69 މީހަކު ވަނީ ޕޮޒިޓިވްވެފައި

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 128 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އާދީއްތަ ދުވަހުގެ ހަވީރު 6:00ން ފެށިގެން ހޯމަ ދުވަހުގެ ހަވީރު 6:00އާ ހަމައަށް ރާއްޖެއިން 5،317 މީހުން ކޮވިޑަށް ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 128 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 45 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 69 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 14 މީހުންނެވެ.

އިތުރު 128 މީހުން ބައްޔަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 82،950ށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،936 ކޭސް އުޅޭއިރު، އޭގެ ތެރެއިން 19 މީހުންއަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ރާއްޖެއިން 227 މީހުން މި ބަލީގައި ނިޔާވެފައިވާއިރު، 80،774 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ ނަންބަރުތައް ވަނީ ވަކި މިންވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އަންނަނީ އިލްތިމާސްކުރަމުންނެވެ.


Advertisement
- ކޮމެންޓް