ކ. މާލެ
|
22 މެއި 2017 | ހޯމަ 00:15
އަރަބި އަދި އިސްލާމީ ގައުމުތަކުގެ 55 ގައުމަކުން ގައުމުތަގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ
އަރަބި އަދި އިސްލާމީ ގައުމުތަކުގެ 55 ގައުމަކުން ގައުމުތަގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ
އަލްއަރަބިއްޔާ
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު
"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި
ރިޔާޒްގެ "ކިންގް އަބްދުލް އަޒީޒް ކޮންވެންޝަން ސެންޓަރ"ގައި ކުރިޔަށްދާ މި ބައްދަލުވުން ފަށާފައިވަނީ ގުރުއާނުގެ ބަރަކާތުން
އަރަބި އަދި އިސްލާމީ ގައުމުތަކުގެ 55 ގައުމަކުން ގައުމުތަގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ
ފުރަތަމަ ތަގުރީރު ކުރެއްވީ ސައުދީ ރަސްގެފާނު

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސައުދީއަރަބިއްޔާއަށް ވަޑައިގެންފައިވާއިރު މި ސަމިޓްގައި ރައީސް ޓްރަމްޕް ތަގްރީރު ކުރައްވާނެއެވެ.

އަރަބި އަދި އިސްލާމީ ގައުމުތަކުގެ 55 ގައުމަކުން ގައުމުތަގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާއިރު ލީޑަރުންނާ މުޚާތަބްކުރައްވާ އިސްލާމްދީނާ ބެހޭގޮތުން ރައީސް ޓްރަމްޕް ތަގުރީރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވެރިކަމަށް ވަޑައިގެންނެވިތާ ހަތް ދުވަހުގެ ތެރޭގައި މުސްލިމުން އެމެރިކާއަށް އެރުން މަނާކުރެއްވުމުގެ އަމުރު ނެރުއްވި ޓްރަމްޕް މި ސަމިޓްގައި ތަޤުރީރު ކުރައްވާނީ" ހައްދު ފަހަނައެޅުމާ" ބެހޭ ގޮތުންނެވެ.

ރިޔާޒްގެ "ކިންގް އަބްދުލް އަޒީޒް ކޮންވެންޝަން ސެންޓަރ"ގައި ކުރިޔަށްދާ މި ބައްދަލުވުން ފަށާފައިވަނީ ގުރުއާނުގެ ބަރަކާތުންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް