ކ. މާލެ
|
12 ސެޕްޓެންބަރ 2021 | އާދީއްތަ 01:22
ނާޕޮލީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ނާޕޮލީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ނާޕޮލީ އަތުންވެސް ޔުވެންޓަސްއަށް ނާކާމިޔާބު
 
ޔުވެންޓަސް ބަލިވީ ނާޕޮލީ އަތުން 2-1 ގެ ނަތީޖާއަކުން
 
ލީގުގައި މިހާތަނަށް ޔުވެންޓަސްއަށް މޮޅެއް ހޯދިފައެއް ނުވޭ

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ނާޕޮލީ އަތުން ޔުވެންޓަސް ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ ނާޕޮލީ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ޔުވެންޓަސް ބަލިވިއިރު، ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި އެ ޓީމުން ލީގުގައި ކުޅުނު ދެ މެޗުންވެސް ވަނީ ބަލުވެފައެވެ. މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ޔުވެންޓަސް ދޫކޮށް، އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ. އޭގެ ފަހުން ލީގުގައި ރޮނާލްޑޯ ނެތި ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް ބަލިވީ އެމްޕޯލީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ޔުވެންޓަސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.

އެކަމަކު ދެވަނަ ހާފުގައި ނާޕޮލީން ވަނީ ދެ ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި މަޓެއޯ ޕޮލިޓާނޯ ވަނީ ލަނޑެއް ޖަހައި، ނާޕޮލީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ނާޕޮލީ މޮޅުކޮށްދިން ލަނޑު، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ކަލިދޫ ކުލިބާލީއެވެ.

މި ސީޒަނުގެ އިޓާލިއަން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ޔުވެންޓަސްއަށް މޮޅެއް ހޯދިފައިނުވާއިރު، އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގައި ތިން މެޗުން އެންމެ ޕޮއިންޓަކާއެކުއެވެ. އަދި ޔުވެންޓަސް ބަލިކުރި ނާޕޮލީ އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
50%
50%
0%
0%
ކޮމެންޓް