ކ. މާލެ
|
21 މެއި 2017 | އާދީއްތަ 20:10
ކޭންސް ފިލްމު ފެސްޓިވަލްގައި އައިޝްވަރިޔާ ބޭނުންކުރި ހެދުން
ކޭންސް ފިލްމު ފެސްޓިވަލްގައި އައިޝްވަރިޔާ ބޭނުންކުރި ހެދުން
ގޫގުލް
ކޭންސް ފިލްމް ފެސްޓިވަލް
ކޭންސް ފިލްމު ފެސްޓިވަލްގައި އެންމެ ރީތީ އައިޝްވަރިޔާގެ ހެދުން
މިއަހަރުގެ ކޭންސްފިލްމު ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 17 އިން 28 އަށް

މިއަހަރުގެ ކޭންސް ފިލްމު ފެސްޓިވަލްގެ އެންމެ ރީތި ހެދުމަކީ އައިޝްވަރިޔާ ރާއީ ލައިގެން ހުރި ހެދުން ކަމަށް ބުނެ ގިނަ ބަޔަކު ތައުރީފު ކޮށްފިއެވެ.

މިހާރު ފްރާންސްގެ ކޭންސް ގައި ކުރިއަށްދާ ކޭންސް ފިލްމު ފެސްޓިވަލަކީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖައްސާ ފިލްމާއި ޑޮކިއުމެންޓްރީތައް އިއުލާންކުރުމަށް ބާއްވާ ފެސްޓިވަލެކެވެ.  އަދި މި ފެސްޓިވަލްގައި އެކްޓަރުންގެ ހެދުންތައް ވެސް ދައްކާލައެވެ.  ކޭންސް ފިލްމު ފެސްޓިވަލްގައި އައިޝްވަރިޔާ ރާއީ މިފަހަރު ލައިގެން ހުރީ ނޫކުލައިގެ ގައުންއެކެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މި ހެދުމަކީ "ޑިޒްނީ ޕްރިންސެސް" ކަހަލަ ހެދުމެކެވެ. ހަތްދިހަވަނަ ކޭންސް ފިލްމު ފެސްޓިވަލްގައި އައިޝްވަރިޔާ ބައިވެރިވެފައިވަނީ ލޯރިއަލް ބްރޭންޑްގެ އެމްބެސެޑަރގެ ހައިސިއްޔަތުންނެވެ. އައިޝްވާރްޔާ އެންމެ ފުރަތަމަ ކޭންސް ފިލްމު ފެސްޓިވަލް ގައި ބައިވެރިވެފައި ވަނީ 2002 ގައެވެ. އެފަހަރު އޭނާ ބައިވެރިވީ ފިލްމް ދޭވްދާސްގެ ތަރިއެއްގެ ހައިސިއްޔަތުންނެވެ.

މިފަހަރުގެ ކޭންސް ފިލްމު ފެސްޓިވަލްވެސް ބާއްވަނީ ފްރާންސްގެ ކޭންސް ގައެވެ.

1949 ވަނަ އަހަރު ކޭންސް ފެސްޓިވަލްގެ ނަމަުގައި  ފެށި ފިލްމު ފެސްޓިވަލް މުޅިދުނީޔޭގެ ފިލްމުތަކަށް ހުޅުވާލީ 2002 ވަނަ އަހަރުގައެވެ. އެއަށްފަހު ކޭންސް ފެސްޓިވަލްގެ ނަން ވަނީ ކޭންސް ފިލްމު ފެސްޓިވަލަށް ބަދަލުކޮށްފައެވެ. 

 2002 ވަނަ އަހަރު  ފެށިގެން ކޮންމެ އަހަރަކުވެސް ކުރިއަށްއޮތް އަހަރުގައި ހަދާނެ ފިލްމުތައް އިއުލާންކުރުމަށް ފްރާންސްގެ ކޭންސްގައި ކުލަގަދަ ހަފްލާތައް ބާއްވައެވެ. މިދިޔަ އަހަރު ބާއްވާފައިވާ ކޭންސް ފިލްމު ފެސްޓިވަލް ބާއްވާފައިވަނީމެއި މަހުގެ 11 އިން 22 އަށެވެ.އަދި މިއަހަރުގެ ކޭންސްފިލްމު ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 17 އިން 28 އަށެވެ.

- ކޮމެންޓް