Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2021 | ބުދަ 12:26
އިބްރާހީމް ރަޝީދު (ބޮންޑޭ) - މާފަންނު މެދު ދާއިރާގެ މެމްބަރު
އިބްރާހީމް ރަޝީދު (ބޮންޑޭ) - މާފަންނު މެދު ދާއިރާގެ މެމްބަރު
ރައްޔިތުންގެ މަޖިލިސް
ބޯހިޔާވަހިކަމުގެ މައްސަލަ
ބޯހިޔާވަހިކަމުގެ މައްސަލައަށް އެމްޑީޕީން ވޯޓު ދިނީ ޕާޓީގެ ވިޕްލައިނާ ޚިލާފަށް
ގެ އިމާރާތްކުރާނެ ތަނަވަސްކަން ނެތް އާއިލާތަކަށް ލުއިފަސޭހަކޮށް ގެ އިމާރާތްކުރެވޭނެ މަގު ހޯދައިދިނުން
މައްސަލަ ބަލަގަތުމަށް ވޯޓު ދެއްވީ، 11 މެމްބަރުން
މި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީން ވިޕްލައިނެއް ނެފައިވޭ

މާލޭގެ ބޯހިޔާވަހިކަމަށް ރައީސް ވެވަޑައިގެންފައިވާ ވައުދު ނުފުއްދަވާ އޮތްކަމަށްބުނެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިގަނެ ބަހުސް ފަށައިފިއެވެ.

މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ، 11 މެމްބަރުންނެވެ. ނުފެންނަ ކަމަށް 1 މެމްބަރަކު ވޯޓު ދެއްވިއިރު، ވޯޓުގައި ބައިވެރިވެވަޑައިގަތީ 12 މެމްބަރުންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އެމްޑީޕީ މެމްބަރުން ވޯޓު ދެއްވީ ޕާޓީން ނެރެފައިވާ ވިޕްލައިނާ ޚިލާފަށެވެ. މި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީން ވިޕްލައިނެއް ނެރެފައިވާއިރު، ވިޕްލައިނާ އެއްގޮތަށް ވޯޓު ދެއްވީ، ވިޕްލައިން ނެރުއްވި ޕީޖީ ލީޑަރު އަލީ އާޒިމް އެކަންޏެވެ.

ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގައާއި، ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިޚްތިޔާރުކުރާ އެހެން ތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދޭނެކަމަށް ސަރުކާރުން ވައުދުވެވަޑައިގެންފައިވާ ކަމަށާއި، އެ ވައުދު ނުފުއްދަވާކަމަށް ބޮންޑޭ ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.

Advertisement

މާލޭގައި އެކަށީގެންވާ ވަރުގެ ބިމެއް އޮވެ، އިމާރާތްކުރާނެ ތަނަވަސްކަން ނެތިފައިވާ އާއިލާތައް ދެނެގަނެ، އެފަރާތްތަކަށް ލުއިފަސޭހަކޮށް ގެ އިމާރާތްކުރެވޭނެ މަގު ހޯދައިދިނުމަށާއި، ލުއިފަސޭހަކޮށް ގެ އިމާރާތްކުރެވޭނެ މަގު ހޯދައިދިނުމުގައި އެކަނިވެރި މައިންނަށް އިސްކަންދިނުމަށް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދެވުމަށް ވެސް މި މައްސަލައިގައި ވަނީ ގޮވާލާފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލޭގައި ޒަމާނުއްސުރެ އެންމެ ބޮޑުވެފައިވާ އެއް މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރައްވާފައިވީ ނަމަވެސް އެކަށީގެންވާ ހައްލެއް ލިބިފައެއް ނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް
9 ސެޕްޓެންބަރ 2021 | ބުރާސްފަތި 10:09
ތެދެއްމީ
އަތޮޅުތެރޭގައިވެސް އެބަތިބި ކުއްޔަށް ހިފައިގެން ދިރިއުޅޭމީހުން / އދ.އަތޮޅު، މަހިބަދޫ ، ކުނބުރުދޫ އަކީވެސް ގޯތި ދޫނުކުރާތާ 30 އަހަރަށްވުރެ ގިނަދުވަސްވެ ކޮންމެ ސަރުކާރަކުންވެސް ބޯހިޔާވަހިކަން ދޭން ވައުދުވެފައިވާ އެކަން ފުރިހަމަނުވާ ރަށްތައް. މިއަތޮޅުގެ ރިސޯޓްތަކުން ޓެކްސްނަގައިގެން މާލޭގެ ބޯހިޔާވަހިކަން ދެނީ. ބާކީ އޮންނަ މަދު ބިންކޮޅު ކައުންސިލްތަކުންނާއި، ސަރުކާރުން ބޭނުންވާ ކަންތައް ކުރަނީ. ކައުންސިލުން ގެދޮރު ނެތްބައެއް މީހުންއަތުން ރައްޔިތުންގެ އިމާރާތް ކުއްޔަށް ދީގެން ލާރި ނަގަނީ . ކައުންސިލްތަކުންވެސް ނުވިސްނާ، ސަރުކާރުންނުވިސްނާ މެންބަރުން ނުވިސްނާ ކޮންމެބައެއް ވޯޓަށްވީމަ މޮޅުވާހަކައެއް ދައްކާފަ ވޯޓްއަތުލަނީ. ރައްޔިތުންވިސްނަންވެއްޖެ
8 ސެޕްޓެންބަރ 2021 | ބުދަ 13:12
ާއަހަންނަދުބެ
އަތޮޅުތެރޭ ރަށްރށުގައިވެސް އެކަށީގެންވާ ބިންކޮޅެއްއޮވެ ގެދޮރު އެޅޭނެ ފަދަ ނެތިފަ ކިތަންމެ ބަޔަކު އެބަތިބި އެމީހުންނަށްވެސް ގެދޮރު އެޅޭނެ ލުއިފަސޭހަ ގޮތެއް ހޯދައިދޭން ޖެހޭނެ. ހަމައެނި މާލޭ މީހުންނަށްތަ ގޮތް ހޯދައިދޭންވީ. މިހާރުވެސް ބޭންކް ތަކުންވެސް އިސްކަންދެނީ މާލެއަށް. ސަރުކާރެއް ހޮވެނީ އަތޮޅުތެރޭ މީހުންވެސް ވޯޓް ދީގެން. އަހަރެމެންނަކީ ހަމައެކަނި ވޯޓް ދޭން ތިބޭ ބައެއް ކަމަށްތަ