ކ. މާލެ
|
8 ސެޕްޓެންބަރ 2021 | ބުދަ 10:18
މުޙައްމަދު އަސްލަމް - މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
މުޙައްމަދު އަސްލަމް - މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ރައްޔިތުންގެ މަޖިލިސް
އަލިފުށީ އެއަރޕޯޓާއި ބިން ހިއްކުން
އަލިފުށީ އެއަރޕޯޓްގެ ސުވާލަށް މިނިސްޓަރު އަސްލަމްގެ ޖަވާބެއް ނެތް
 
ރ. އަލިފުށީގައި ހިއްކުމަށް ހަމަޖެހިފައިވަނީ 50.6 ހެކްޓަރުގެ ބިން
 
ބިން ހިއްކުމުގެ މަސައްކަތުގެ އީއައިއޭ އަދި ޑިޒައިން މަސައްކަތަށް 6 މަސްދުވަސް
 
އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް އެޅުމަށް 1 ސެޕްޓެމްބަރ 2021ގައި ވަނީ ހަވާލުކޮށްފައި

އަލިފުށީ އެއަރޕޯޓްގެ މަސައްކަތް ފެށޭނެ ތާރީޚާބެހޭ ގޮތުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަަން އަހުމަދު ކުރެއްވި ސުވާލަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ޖަވާބެއް ނުދެއްވިއެވެ.

ލިޔުމުން ޖަވާބު ހޯދުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ފޮނުއްވާފައިވާ ސުވާލުގައި ވަނީ، ބިން ހިއްކަން ފެށޭނެ ތާރީޚާއި އެއަރޕޯޓް މަސައްކަތް ފެށޭނެ ތާރީޚަކީ ކޮބައިތޯއެވެ. މި ސުވާލުގެ ޖަވާބު މިނިސްޓަރު މަޖިލީހަށް ފޮނުއްވި އިރު އެއަރޕޯޓްގެ ވާހަކަ ހިމަނާފައެއް ނެތެވެ.

އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް އެޅުމަށް 1 ސެޕްޓެމްބަރ 2021ގައި ވަނީ ހަވާލުކުރެވިފައެވެ.

ބިން ހިއްކުމުގެ މަސައްކަތުގެ އީއައިއޭ އަދި ޑިޒައިން މަސައްކަތަށް 6 މަސްދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވެފައިވެއެވެ. އަދި ބިން ހިއްކަން ފަށާނެ ދުވަހެއް ޝެޑިއުލް ކުރެވޭނީ އެމްޓީސީސީގެ މަހާ ޖައްރާފާގެ މަސައްކަތަށް ބެލުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، އަދި ބިން ހިއްކަން ފަށާނެ ވަކި ތާރީޚެއް އެނގޭނީ ޑިޒައިން މަރުހަލާ ނިމުމުން ކަމަށެވެ. ރ. އަލިފުށީގައި ހިއްކުމަށް ހަމަޖެހިފައިވަނީ 50.6 ހެކްޓަރުގެ ބިމެވެ.

އަލިފުށްޓަކީ ފެނާ ނަރުދަމާގެ މަސައްކަތް ކޮންޓްރެކްޓް ކުރެވި އެ މަސައްކަތް ކުރިއަށް ދާ ރަށެއްކަމަށާއި، މަގު ހެދުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތް ނިމޭމެ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރުގެ ދެވަނަ ކުއަރޓާރގައި ކަމަށާއި، މަގު ހެދުމުގެ މަސައްކަތުގެެ އަމަލީ މަސައްކަތް ފެށޭނީ އޭގެ ފަހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް