ކ. މާލެ
|
7 ސެޕްޓެންބަރ 2021 | އަންގާރަ 23:24
ކަލާފާނު ސްކޫލު
ކަލާފާނު ސްކޫލު
ރާއްޖެއެމްވީ
މާރާމާރީއެއް ހިންގުން
ދެ ދަރިވަރެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެއް ކުއްޖަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި
މިމާރާމާރީ ހިންގީ އަންގާރަ ދުވަހުގެ މެންދުރު 2:30 ހާއިރު
ބޮލަށާއި ކަރަށް ހަމަލާދީފައިވޭ
މިމައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން

ދެ ދަރިވަރެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެއް ކުއްޖަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އަންގާރަ ދުވަހުގެ މެންދުރު 2:30 އެހާކަންހާއިރު، ކަލާފާނު ސްކޫލުގެ ދެ ދަރިވަރުންގެ މެދުގައި ހިނގި މާރާމާރީއެއްގައި ދަރިވަރެއްގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ. އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް ބުނީ މިދެކުދިންގެ މެދުގައި ހިނގި މިމާރާމާރީގައި އެއްކުއްޖަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށާއި، އެކުއްޖާގެ ބޮލަށާއި ކަރަށް ކަތުރުން ހަމަލާދީފައިވާ ކަމަށެވެ.

Advertisement

އެކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު, މިމައްސަލަ ބަލަމުންދާ ކަމަށް އެޑިޔުކޭޝަނުން ބުނެއެވެ.

މިމާރާމާރީއާ ގުޅޭގޮތުން ފުލުހުން ބުނީ މާލޭގެ ސްކޫލެއްގައި ދެކުއްޖެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާކަމަށް އަންގާރަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް