ކ. މާލެ
|
7 ސެޕްޓެންބަރ 2021 | އަންގާރަ 12:39
ގިނިއާގެ ރައީސް މަގާމުން ދުރުކޮށް އެގައުމުގެ ގާނޫނު އަސާސީ އަސްކަރިއްޔާ އިން ވަނީ އުވާލާފައި
ގިނިއާގެ ރައީސް މަގާމުން ދުރުކޮށް އެގައުމުގެ ގާނޫނު އަސާސީ އަސްކަރިއްޔާ އިން ވަނީ އުވާލާފައި
ދިއެން24
ގިނިއާގެ ވެރިކަން ވައްޓާލުން
ގިނިއާގެ ރައީސް މަގާމުން ދުރުކޮށް، އެގައުމުގެ ގާނޫނު އަސާސީ އަސްކަރިއްޔާ އިން އުވާލައިފި
 
ސަރަހައްދީ ގަވަރުނަރުން ބަދަލުކޮށް އަސްކަރީ ކޮމާންޑަރުން އެ ތަންތަނަށް ވަނީ އައްޔަންކޮށްފައި

ގިނިއާގެ ރައީސް އަލްފާ ކޮންޑޭ މަގާމުން ދުރުކޮށް، އެގައުމުގެ ގާނޫނު އަސާސީ އަސްކަރިއްޔާއިން އުވާލައިފިއެވެ.

އަސްކަރިއްޔާއިން އާދީއްތަ ދުވަހު ރައީސް ކޮންޑޭ ހައްޔަރުކޮށްފައިވަނީ އެ ގައުމުގެ ވެރިރަށުގައި އެތައް ގަޑި އިރުތަކެއް ވަންދެން ބަޑީގެ ހަމަލާތަކެއް ދިނުމަށްފަހުގައެވެ. އަދި ސަރަހައްދީ ގަވަރުނަރުން ބަދަލުކޮށް އަސްކަރީ ކޮމާންޑަރުން އެ ތަންތަނަށް އައްޔަން ކޮށްފައިވާ ކަމަށް އެ ގްރޫޕުން ބުނެއެވެ.

ގިނިއާގެ ސަރުކާރުގެ އޮފިޝަލުން ވަކި މުއްދަތެއް ނެތް ގޮތަށް ދަތުރުކުރުން މަނާކޮށްފައިވާ އިރު، އެމީހުންނަށް ދީފައިވާ ރަސްމީ އުޅަނދު އަނބުރާދިނުމަށް އަންގާފައިވާ ކަމަށް ސްޕެޝަލް ފޯސްގެ ކޮމާންޑަރ މަމަޑީ ޑުއޮމްބޯޔާ ހަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ރައީސް ކޮންޑޯގެ ހާލުކޮޅު ރަނގަޅުކަމަށް އެމީހުން ވަނީ ބުނެފައެވެ. އަދި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމަށް ބުނެފައިވާ އިރު، ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ދީފައިވާ ކަމަށް އެ ގްރޫޕުން ބުނެއެވެ.

ގިނިއާގެ ދިދަ ގައިގައި އޮޅައިގެން ހުރެ ވާހަކަދައްކަމުން އަސްކަރީ ގްރޫޕުގެ ވެރިޔާ މަމަޑީ ބުނެފައިވަނީ ވެރިކަން ވައްޓާލާފައިވަނީ ފަގީރުކަމާއި އިޤުތިޞާދީ ކޮރަޕްޝަންގެ ސަބަބުން ރައީސް މަގާމުން ދުރުކުރަން ޖެހިގެން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ވަޒީރުކަމުން ދުރުކުރި ފަރާތްތައް ހޯމަ ދުވަހު އޮތް މަޖިލީހުގެ ބައްދަލުވުމަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. އަދި ބައްދަލުވުމަށް ހާޒިނުވާ ފަރާތްތަކަކީ ނެޝަނަލް ރެލީ ޑިވެލޮޕްމަންޓް ކޮމިޓީ (ސީއެންއާރުޑީ) އާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް