ކ. މާލެ
|
21 މެއި 2017 | އާދީއްތަ 14:35
އައިފާ އެވޯޑަށް ނޮމިނޭޓް ވި ފިލްމުތައް
އައިފާ އެވޯޑަށް ނޮމިނޭޓް ވި ފިލްމުތައް
ގޫގުލް
އައިފާ އެވޯޑް 2017
އައިފާ 2017 ނޮމިނޭޝަންގެ ލިސްޓު ގެ އެންމެ ކުރީގައި "އޭ ދިލްހެ މުޝްކިލް"
އައިފާ އެވޯޑް މިފަހަރު ބާއްވަނީ ޖުލައި 14 އިން 15 އަށް

އަށާރަވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އެވޯޑުގެ ނޮމިނޭޝަންގެ އެންމެ ކުރީގައި"އޭ ދިލްހެ މުޝްކިލް" ހިމެނިއްޖެއެވެ.  އެ ފިލްމު ވަނީ އައިފާ އެވޯޑުގެ ގިނަ ކެޓަގަރީތަކުގައި ހިމެނިފައެވެ. އެގޮތުން "އޭ ދިލްހެ މުޝްކިލް" ހިމެނިފައި ވަނީ އަށް ކެޓަގަރީގައެވެ.

ދެވަނަ އަށް އެންމެ ގިނަ ނޮމިނޭޝަންސް ލިބިފައި ވަނީ 'އެމް.އެސް. ދޯނީ: ދި އަންޓޯލްޑް ސްޓޯރީ' އެވެ. އެ ފިލްމަށް ޖުމްލަ ހަތް ނޮމިނޭޝަން ލިބިފައިވެ އެވެ.

އައިފާގެ އެވޯޑްތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހާ ހަމައަށް ވޯޓު ބަލައިގަންނާނެ އެވެ.

 

އެވޯޑުގެ ނޮމިނޭޝަންތައް ބަހާލާފައިވާ ގޮތް:

އެންމެ މޮޅު އެކްޓަރު (ފިރިހެން):

ޝާހިދު ކަޕޫރު (އުޅްތާ ޕަންޖާބް)

ރަންބީރު ކަޕޫރު (އޭ ދިލް ހޭ މުޝްކިލް)

ޝާހްރުކް ޚާން (ފޭން)

އަމީތާބް ބައްޗަން (ޕިންކް)

ސުޝާންތު ސިންގ ރާޖްޕުތު (އެމްއެސް ދޯނީ)

ސަލްމާން ޚާން (ސުލްތާން)

 

އެންމެ މޮޅު އެކްޓަރު (އަންހެން):

އަނުޝްކާ ޝަރްމާ (އޭ ދިލް ހޭ މުޝްކިލް)

އާލިއާ ބަޓް (އުޅްތާ ޕަންޖާބް އަދި ޑިއާ ޒިންދަގީ)

ސޯނަމް ކަޕޫރު (ނީރްޖާ)

ތާޕްސީ ޕަންނޫ (ޕިންކް)

 

އެންމެ މޮޅު ޑައިރެކްޓަރު:

ކަރަން ޖޯހަރު (އޭ ދިލް ހޭ މުޝްކިލް)

ނީރަޖް ޕާންޑޭ (އެމް.އެސް. ދޯނީ)

ރާމް މާދްވާނީ (ނީރްޖާ)

އަނިރޫދާ ރޯއީ ޗޯދުރީ (ޕިންކް)

އަލީ އައްބާސް ޒަފަރު (ސުލްތާން)

އަބީޝެކް ޗައުބޭ (އުޅްތާ ޕަންޖާބް)

 

އެންމެ މޮޅު ކޮމީޑިއަން:

ވަރުން ދަވާން (ދިޝޫމް)

ޖިމީ ޝާގިލް (ހެޕީ ބާގް ޖާއެގީ)

ރިޝީ ކަޕޫރު (ކަޕޫރު އެންޑް ސަންސް)

 

އެންމެ މޮޅު އެކްޓަރު (ނެގެޓިވް ރޯލަކުން):

ނީލް ނިތިން މުކޭޝް (ވާޒިރު)

ޝާހް ރުކް ޚާން (ފޭން)

ޖިމް ސަރްބް (ނީރްޖާ)

 

އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން):

ރަޖަތު ކަޕޫރު (ކަޕޫރު އެންޑް ސަންސް)

ރާޖްކުމާރު ރާއޯ (އަލީގަރް)

ރިޝީ ކަޕޫރު (ކަޕޫރު އެންޑް ސަންސް)

އަނުޕަމް ޚެއިރު (އެމް.އެސް. ދޯނީ)

އަމީތާބް ބައްޗަން (ވާޒިރް)

 

އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން):

ޝަބާނާ އަޒްމީ (ނީރްޖާ)

އަންޑްރިއާ ތާރިއަންގް (ޕިންކް)

ރަތުނާ ޕާޓަކް ޝާހް (ކަޕޫރު އެންޑް ސަންސް)

ދިޝާ ޕަޓާނީ (އެމް.އެސް. ދޯނީ)

ރިޗާ ޗައްޑާ (ސަރްބްޖީތު)

 

އެންމެ މޮޅު މިޔުޒިކް:

ޕްރިތަމް (އޭ ދިލް ހޭ މުޝްކިލް)

އަމާލް މަލިކް، ރޯޗަކް ކޯލީ (އެމްއެސް ދޯނީ)

އަމިތު ތްރިވޭދީ (އުޅްތާ ޕަންޖާބް)

 

އެންމެ މޮޅު ލިރިކްސް:

އަމީތާބް ބަޓަޗާރިއާ (ޗަންނާ މޭރޭޔާ، އޭ ދިލް ހޭ މުޝްކިލް)

ގުލްޒާރް (އާވޭ ރޭ ހިޗްކީ، މިރްޒިޔާ)

ތަންވީރް ގާޒީ (ތޫ ޗަލް، ޕިންކް)

 

އެންމެ މޮޅު ލަވަކިޔުންތެރިޔާ (ފިރިހެން):

އަރިޖީތު ސިންގ (ޗަންނާ މޭރޭޔާ)

އަމިތު މިޝްރާ (ބުލެޔާ)

ދިލްޖީތު ދޯސަންޖް (އިކް ކުޑީ)

އަރްމާން މަލިކް (ބޭސަބްރިޔާން)

 

އެންމެ މޮޅު ލަވަކިޔުންތެރިޔާ (އަންހެން) :

ކަނިކާ ކަޕޫރު (ދާ ދާ ދައްސޭ)

ނޭހާ ބާސިން (ޖަގް ގޫމެޔާ)

ތުލްސީ ކުމާރް (ސޯޗް ނާ ސަކޭ)

 

އަށާރަ ވަނަ އައިފާ އެވޯޑްގެ ނޮމިނޭޝަން ލިސްޓުގައި މިހާތަނަށް ހިންދީ ފިލްމު ތަކުގެ ތެރެއިން ނިކުތް އެންމެ މޮޅު ފިލްމު ކަމަށް ބުނާ" ޑަންގަލް" ނޮމިނޭޓް ވެފައެއް ނުވެއެވެ. މިކަންވީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށެވެ. "ޑަންގަލް" ނޮމިނޭޓް ނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އައިފާއެވޯޑަށް ކުރިމަތިވެފައެވެ. އައިފާ އެވޯޑް މިފަހަރު ބާއްވަނީ ޖުލައި 14 އިން 15 އަށް ނިއުޔޯކްގައެވެ. 

- ކޮމެންޓް