ކ. މާލެ
|
21 މެއި 2017 | އާދީއްތަ 14:33
ޑަންގަލް
ޑަންގަލް
ގޫގުލް
ޑަންގަލް
ޗައިނާގެ ފެމިނިސްޓުން "ޑަންގަލް" އަށް ފާޑުކިޔައިފި
 
ޗައިނާގެ 9000 ސްކްރީނެއްގައި "ޑަންގަލް" އަޅުވާފައިވޭ
 
އެމީހުން ބުނަނީ އެއީ އަންހެނުން އަޅުވެތިކުރުވާ ތަން ދައްކާ ފިލްމެއްކަމަށް

ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ޑަންގަލް" އަށް ޗައިނާގެ ފެމިނިސްޓުން ފާޑުކިޔައިފިއެވެ. ޗައިނާގެ ފެމިނިސްޓުން ބުނީ އެ ފިލްމަކީ އަންހެނުން އަޅުވެތިކޮށް ތިބުމަށް  މުޖުތަމައުއަށް ދެއްކުމަށް ހަދާފައިވާ ފިލްމެއްކަމަށެވެ. އަންހެން ދަރިންނަށް އެއްވެސް މިނިވަންކަމެއް ނެތްކަމާއި އަންހެން ދަރިންނަކީ ބައްޕަގެ އަޅުވެތިކަމުގައި ތިބެންޖެހޭ ބައެއްކަން އެ ފިލްމުން ދޭހާވާކަމަށް އެމީހުން ބުންޏެވެ. އެދަރިންގެ ހަޔާތުގައި ބައްޕަ ބޭނުންވާހާ ގޮތަކަށް މުސްތަގުބަލު ކުރިއަށް ނުގެންދެވޭނެކަމަށާއި  އެކަންތައްތަކަށް ނުފޫޒު ފޯރުވަން އެ ފިލްމުން ބައްޕައިންނަށް ހިތްވަރު ލިބޭކަމަށް ފެމިނިސްޓުން ބުނެފައިވެއެވެ.

ޗައިނާގެ ފެމިނިސްޓުން މިފިލްމަށް ފާޑު ކިޔައިފައިވީނަމަވެސް މި ފިލްމު ޗައިނާގައި ދަނީ ބޮޑު ކާމިޔާބެއް ހޯދަމުންނެވެ. ޗައިނާގެ 9000 ސްކްރީނެއްގައި "ޑަންގަލް" އަޅުވާފައިވާއިރު މި ފިލްމު އެޅުވިތާ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ވަނީ 100  މިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީއެއް ވަނީ ލިބިފައެވެ.

"ޑަންގަލް" އަކީ ރެސްލިން ތެޅުންތެރިޔާ މަހާވީރް ސިންގް ޕޯގަތް އޭނާގެ ގޭގައި ދެ އަންހެން ކުދިންނަށް ރެސްލިންތަޅަން ދަސްކޮށްދީގެން ތާރީހީ ކާމިޔާބީއާ ހަމައަށް ގެންގޮސްދިނުމަށް ކުރާ މަސައްކަތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އާމިރާ އެކު އޭނާގެ ދެ އަންހެން ދަރިންގެ ރޯލުން ފެނިގެންދަނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވި ފާތިމާ ސަނާ ޝައިޚް އާއި ސަނާޔާ މަލްހޯތުރާ އެވެ..

އިންޑިއާގެ ސިނަމާ ތަކުގައި މިދިޔަ ޑިސެމްބަރު މަހު "ޑަންގަލް" އެޅުވި ފަހުން މިފިލްމަށް ވަނީ 385 ކްރޯޑްގެ ބޮޑު ފައިދާއެއް ލިބިފަ އެވެ. މިފިލްމަށް ވަނީ ގިނަ އެވޯޑްތައް ވެސް ލިބިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް