ކ. މާލެ
|
4 ސެޕްޓެންބަރ 2021 | ހޮނިހިރު 23:07
އިދިކޮޅު ކޯލިޝަނުން އާދިއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އިދިކޮޅު ކޯލިޝަނުން އާދިއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
އިދިކޮޅު ކޯލިޝަން
ރައީސް ޔާމީނާއެކު އިދިކޮޅު އެންމެން ޖަލަށް ލައިދީ: އަދުރޭ
 
ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާކަމަށް އަދުރޭ ވިދާޅުވި
 
ޔާމީންގެ ޝަރީއަތް ހިންގުމުގައި އަދުލުވެރިކަމެއް ނެތްކަމަށް ވިދާޅުވި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު، އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުންވެސް ޖަލަށް ލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.

އާދިއްތަ ދުވަހުގެރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ އާދިއްތަ ދުވަހު ކުރީގެ ބައެއް ފަނޑިޔާރުންނާއި ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކުރެއްވި ބައެއް ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހުނީ ޔާމީންގެ ޝަރީއަތް ހިންގުމުގައި އަދުލުވެރިކަމެއް ނުފެނިގެން ކަމަށް ހައިކޯޓުގައި އޭރު އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާން ވިދާޅުވިކަން ފާހަގަ ކުރައްވާފައެވެ. ޝުޖާއުގެ ވާހަކަތަކުން ވެސް ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވުންކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބު ވިދާޅުވެފައިވާތީ، ޕީޕީއެމުން ވަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އެގޮތުން އޭރު ރައީސް ޔާމީނުގެ މައްސަލަ ބެއްލެވި ގާޒީ ހައިލަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ޖާގައެއް ކަށަވަރުވެފައިވާކަމަށް އަލީ ޒާހިރު ވިދާޅުވި އަޑު އެއްސެވިކަމަށް ގާޒީ ނަޖީބު ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ދާދި ފަހުން ލީކުވި އޯޑިއޯތަކާއި، ކުރީގެ ގާޒީން މިހާރު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ބަލާއިރު، އަލީ ޒާހިރު ވަގުތުން މަގާމުން ދުރުކުރަން ޖެހޭކަމަށް ވިދާޅުވެ، އެކަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ގޮވާލައްވާފައެވެ.

އަދުރޭ ވަނީ އިދިކޮޅުގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ރައީސް ޔާމީނާއެކު ޖަލަށް ލުމަށް އެދިވަޑައިގެންފައެވެ.

ޝުޖާއު އުސްމާނާއި ގާޒީ ނަޖީބަކީވެސް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހުގައި އެކަމަށް ވޯޓަށް އަހާ ހިސާބުގައި މައްސަލަ އޮއްވައި މަގާމުން އިސްތިއުފާ ދެއްވި ދެ ބޭފުޅުންނެވެ. ހަސަން ނަޖީބާއި ޝުޖާއު އުސްމާނަކީ، ފެށުނީއްސުރެ، ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވާ، އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެމްޕެއިން ހަރަކާތްތަކުގައި އުޅުއްވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުންނަށް ފަނޑިޔާރު ކަމުގައި ލިބުނު ކުރިއެރުންތައް ލިބިފައި ވަނީ ވެސް ރައީސް ޔާމީނުގެ ވެރިކަމުގައެވެ. އެގޮތުން، ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އެ ދެބޭފުޅުން އައްޔަން ކުރެއްވުމާއި، އަދި ފަހުން، ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ޝުޖާއު އުސްމާނު އައްޔަން ކުރެވިގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ޝުޖާއު އުސްމާނާއި ހަސަން ނަޖީބު ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، އެ ދެ ބޭފުޅުންނާ ގުޅޭ އެތައް މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅި، އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ނިންމައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ނަގަން ޖެހޭ ވޯޓުގެ ކުރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
50%
0%
0%
50%
0%
0%
ކޮމެންޓް
5 ސެޕްޓެންބަރ 2021 | އާދީއްތަ 12:33
ކަދުރޭ
ވައްކަމުގައި ބައި ވެރި އެންމެން ދަލައް ދާންނުޖެހޭ ސަބަބެއް އޮވެގެންނުވާނެ. އަދުރޭ އަކަސް ކަދުރޭ އަކަސް ވައްކަން ކޮއްފިއްޔާ ދާން އޮތް ތަނަކީ ޖަލު.
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!