ކ. މާލެ
|
4 ސެޕްޓެންބަރ 2021 | ހޮނިހިރު 14:32
ޗައިނާގެ ފެތުންތެރިޔާ ޒެންގް ޓާއޯ
ޗައިނާގެ ފެތުންތެރިޔާ ޒެންގް ޓާއޯ
ގެޓީ އިމޭޖަސް
ޕެރަލިމްޕިކް ގޭމްސް
ދެއަތް ނެތް ފެތުންތެރިޔަކު ދުނިޔެ ހައިރާންކޮށްލައިފި
 
ދެއަތް ނެތަސް ފެތުމުގެ ސްޕީޑުގައި ދުނިޔޭގެ އައު ރިކޯޑުތަކެއް ޒެންގް ވަނީ ގާއިމްކޮށްފައި
 
ޖަޕާނުގައި މިހާރު ކުރިއަށްދާ ޕެރަލިމްޕިކްގައި ޒެންގް ވަނީ ހަތަރު ރަން މެޑަލް ކާމިޔާބުކޮށްފައި

ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ ޕެރަލިމްޕިކްގައި ދެއަތްވެސް ނެތް ޗައިނާގެ ފެތުންތެރިޔަކު މުބާރާތުގެ އެތަކެއް ރިކޯޑު މުގުރައި ހަތަރު ރަން މެޑަލް ކާމިޔާބުކޮށް ދުނިޔެ ހައިރާންކޮށްލައިފިއެވެ.

ޒެންގް ޓާއޯ މި މުބާރާތުގައި މިފަހަރު ހޯދި ހުރިހާ ސިންގަލް ކާމިޔާބީތައްވެސް ހޯދާފައިވަނީ ކުރީގެ ރިކޯޑުތައް މުގުރާލައިފައެވެ. އެގޮތުން ފެތުމުގެ 50 މީޓަރު ފްރީ ސްޓައިލް ރޭހުގެ ފައިނަލް މިދިޔަ ބުދަ ދުވަހު އޭނާ ކާމިޔާބުކުރިއިރު ހުސްވި ހަފުތާގެ ހޯމަ ދުވަހު އޭނާ 50 މީޓަރު ބެކްސްޓްރޯކް ފައިނަލް ކާމިޔާބުކުރީ 31.42 ސިކުންތުންނެވެ.

ޒެންގް ޓާއޯގެ ދެއަތް ގެއްލުނީ އޭނާ ކުޑައިރު ދިމާވި ހިތާމަވެރި އެކްސިޑެންޓެއްގައެވެ. އޭނާ ފެތުމަށް ޝައުގުވެރިވެ އެކަމުގެ ތަމްރީނުތައް ފެށީ އުމުރުން 13 އަހަރުގައެވެ.

ޓޯކިޔޯގައި މިފަހަރު ހަތަރު ވަނަ ރަން މެޑަލް ހޯދުމަށްފަހު ޒެންގް ވަނީ އޭނާގެ ދެ އަހަރުވީ އަންހެން ދަރިފުޅަށް ވީޑިއޯ މެސެޖެއްކޮށްފައި ބައްޕަގެ ފަރާތުން ހިތްވަރު ލިބިގަތުމަށް އެދިފައެވެ. އޭނާ ބުންޏެވެ. ދަރިފުޅާއެވެ. ނިކަން ދެކިބަލާށެވެ. ބައްޕަގެ ދެއަތެއްވެސް ނެތެވެ. އެކަމަކު ކިހާ ބާރަކަށް އެބަފަތަން ހެއްޔެވެ.

ޕެރަލިމްޕިކަކީ އޮލިމްޕިކް ކުޅިވަރު މުބާރާތް ނިމިގެން ދެން އެ މުބާރާތް އޮންނަ ތަނުގައި ދުނިޔޭގެ ކަންކޮޅުތަކުން ޖިސްމާނީ ނުކުޅެދުންތެރިކަން ލިބިފައިވާ އެތުލީޓުން ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތެކެވެ. މީގެ ކުރީގެ ޕެރަލިމްޕިކްތައް ވެސް ހިމަނައިގެން މިހާތަނަށް ޒެންގް ވަނީ ޖުމްލަ 9 ރަން މެޑަލް ހޯދާފައެވެ.

ބުދަދުވަހު ޒެންގް ހޯދި މެޑެއްޔަކީ 1984 ވަނަ އަހަރު ޗައިނާގެ އެތުލީޓުން ޕެރަލިމްޕިކްގައި ވާދަކުރަން ފެށިފަހުން މިހާތަނަށް ޗައިނާގެ 500 ވަނަ ޕެރަލިމްޕިކް ރަން މެޑެއްޔެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
14%
29%
0%
0%
0%
57%
ކޮމެންޓް