ކ. މާލެ
|
3 ސެޕްޓެންބަރ 2021 | ހުކުރު 23:02
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "އައްޑަނަ"ގެ ނަމުގައި ބޭއްވި ޖަލްސާ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "އައްޑަނަ"ގެ ނަމުގައި ބޭއްވި ޖަލްސާ
ޕީޕީއެމް
ޕްރޮގްރެސިވް ކޮންގްރެސްގެ "އައްޑަނަ" ޖަލްސާ
2018 ވަނަ އަހަރުގެ އިންތިޚާބު ކޯލިޝަނުން ވަގަށް ނެގީ އިންޑިއާގެ އެހީގައި - އަދުރޭ
 
ޖަލްސާގައި ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލު، ޑރ.މުޙައްމަދު ޖަމީލް އަޙުމަދު ވެސް ވަނީ ވާހަކަ ދައްކަވާފައި

2018 ވަނަ އަހަރުގެ އިންތިޚާބު ކޯލިޝަނުން ވަގަށް ނަގާފައިވާ ކަމަށާ އެކަން ކުރީ އިންޑިއާގެ އެހީގައި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "އައްޑަނަ" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަދުރޭ ވިދާޅުވީ މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނުން މުއައްސަސާތަކުގެ އަގު ވައްޓާލާފައިވާ ކަމަށާ ކާބަފައިންގެ ރިވެތި އުސޫލުތަކަކީ 'ކަޓު' ކަމަށް ޒުވާން ޖީލަށް ވިސްނައިދީފައިވާ ކަމަށެވެ.

މިއަދު ވެރިންނަށް ކިޔަމަންވުމާ މީހުންނަށް އިހުތިރާމް ކުރުން މަތިން ބައެއް މީހުން ހަނދާން ނައްތާލައިފި ކަމަށް ވިދާޅުވެ އަދުރޭ ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީނު ކާމިޔާބު ކުރެއްވުމާއެކު ރައްޔިތުންގެ ތުންފަތްމައްޗަށް ހިނިތުންވުން ވެރިވެގެންދިއަ ކަމަށެވެ.

އަދި ރާއްޖެ ފުދުންތެރި ގައުމަކަށްވެ، އިގްތިސާދީ ދުވެލި ބާރުވެގެން ދިއަ ކަމަށާ އަންހެނުންގެ ހައްގު ކަށަވަރު ކޮށްދެއްވި ކަަމަށެވެ. ނަމަވެސް އެގޮތް ކަމުނުދާ ބަޔަކު ރާއްޖޭގެ ސުލްހަވެރިކަން ނަގާލާފައިވާ ކަމަށެވެ.

މި ޖަލްސާގައި ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލު، ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ޑރ. ޖަމީލް ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަކީ އެންމެ ހިތްވަރުގަދަ ޖަމާއަތް ކަމަށެވެ. އަދި އެއީ ގައުމިއްޔަތުގެ ލަޝްކަރު ކަމަށާ އެންމެ ގިނަ ތަރައްގީ ދިވެހިރާއްޖެއަށް ގެނައި ލާމަސީލު ޕާޓީއެއް ކަމަށެވެ. އަދި މި ލަޝްކަރު އެގޮތުގައި ދެމިއޮތުމުގެ ސަބަބަކީ އެ ލަޝްކަރުގެ ލީޑަރަކީ އެންމެ ކެރޭ، ގާބިލު އަދި ހީވާގި ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ވުމުން ކަމަށެވެ.

މި ޖަލްސާގައި ޑރ. ޖަމީލް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެއީ ހުސްކުރާ ސޭލް އަޅުވާ ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ. މި މޭރުމުން ވާހަކަދައްކަވާ ޑރ. ޖަމީލް ވިދާޅުވީ މި ރާއްޖޭގެ ހުރިހާ ތަނެއް އެ ޕާޓީން ވިއްކާލާފައިވާ ކަމަށެވެ.

އަދި ފަނޑިޔާރުންނަށް ބިރުދައްކާ ރިޝްވަތު ދޭ ކަމުގެ ތުހުމަތު ކުރައްވާފައިވާއިރު ވައްކަމުގެ ތުހުމަތުތައް ވެސް ވަނީ ކުރައްވާފައެވެ. ޑރ. ޖަމީލް ވިދާޅުވީ މުޅި ޝަރުއީ ނިޒާމު އޮތީ ނިދާފައި ކަމަށެވެ. މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
33%
0%
67%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!