ކ. މާލެ
|
3 ސެޕްޓެންބަރ 2021 | ހުކުރު 09:46
ކޮވިޑް-19 ވެކްސިން ޖެހުން
ކޮވިޑް-19 ވެކްސިން ޖެހުން
ރައީސް އޮފީސް
ވެކްސިން ޖެހުން
ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ތިންލައްކަ ތިންހާހަށް!
 
ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުން ބާރުއަޅާ
 
ވެކްސިން ނުޖަހާ މީހުންނަށް ބައެއް ކަންކަން މަނާކުރަން ސަރުކާރުން ވަނީ ނިންމާފައި

އިތުރު 1،152 މީހަކު ބުދަ ދުވަހު ވެކްސިން ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން ބުދަ ދުވަހު 535 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 617 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާއިރު، ޖުމްލަ 1،152 މީހަކު ބުދަ ދުވަހު ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ބުދަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރި 535 މީހުންގެ ތެރޭގައި ހިިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 306 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 229 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ 384،979 އަށް ވަނީ އަރާފައެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ 617 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 264 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 353 މީހުންނެވެ. މިއާއެކު މުޅި ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ 303،129 އަށް ވަނީ އަރާފައެވެ.

މިދިޔަ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވަސިލުވުމަށް ކެމްޕޭނެއް ވެސް ކުރިއަށްގެންގޮސްފައިވެއެވެ. އެހެންނަމަވެސް އޮގަސްޓު މަސް ނިމުނުއިރު ވެކްސިން ޖެހުނީ އާބާދީގެ 85 އިންސައްތަ މީހުންނަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ވެކްސިން ޕްރޮގްރާމުތައް އަދިވެސް ކުރިއަށްދާއިރު، ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުން ގެންދަނީ ބާރު އަޅަމުންނެވެ.

ވެކްސިން ފުރިހަމަނުކުރާ މީހުންނާމެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމާފައިވާއިރު، މިހާރުވެސް ވަނީ ވެކްސިން ނުޖަހާ މީހުންނަށް އެތެރޭގެ އުދުހުންތަކުން ދަތުރުނުކުރެވޭގޮތަށް ނިންމާފައެވެ. ވެކްސިންގެ އެއްވެސް ޑޯޒްއެއް ނުޖަހާ މީހުންނަށް ކެފޭ ރެސްޓޯރަންޓްތަކުގެ އެތެރޭގައި ޚިދުމަތް ދިނުން މަނާކުރުމަށް ނިންމާފައިވީނަމަވެސް އެ މީހުންނަށް ޓޭކްއަވޭގެ ޚިދުމަތް ލިބޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް