ކ. މާލެ
|
2 ސެޕްޓެންބަރ 2021 | ބުރާސްފަތި 23:42
މަންދީ އޭޑީކޭ ހޮސްޕިޓަލަށް ގެންދަނީ
މަންދީ އޭޑީކޭ ހޮސްޕިޓަލަށް ގެންދަނީ
ސޯޝަލް މީޑިއާ
އެމްޑީޕީ އޮފީސްތެރޭގައި ހިންގި މާރާމާރީ
އެމްޑީޕީ އޮފީސްތެރޭގައި ހިންގި މާރާމާރީގެ މައްސަލާގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލައިފި
މައުލޫމާތު ލިބޭގޮތުގައި އޭނާގެ ބޮލުގެ ފުއްކިބައިން ވަނީ ފަޅައިގެން ގޮސްފައި
މާރާމާރީގައި ޕާޓީގެ އޮފީހުގެ ފިރިހެން މުވައްޒަފަކަށް ވެސް ހަމަލާދީފައިވޭ
އެންމެ ބޮޑަށް އަނިޔާ ލިބުނު އަންހެން މުވައްޒަފަށް އެޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އޮފީސްތެރޭގައި ހިންގި މާރާމާރީގެ މައްސަލާގައި ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލައިފިއެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީ އޮފީހުގައި ހިންގި މާރާމާރީގައި މަރްޔަމް ޒުބައިރު (މަންދީ)ގެ ބޯ ވަނީ ފަޅާލާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މަންދީގެ ބޮލުގެ ފުއްކިބައިން ވަނީ ފަޅައިގެން ގޮސްފައެވެ.

އަނިޔާވެރި މާރާމާރީގެ އަމަލު ކުށްވެރިކޮށް އެޕާޓީން ބުނީ، އެމްޑީޕީ ސެކްރެޓޭރިއެޓްގައި ހިމެނޭ ފިރިހެން މުވައްޒަފަކު އޮފީސްތެރޭގައި އަންހެން މުވައްޒަފަކަށް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށާއި، އެފަދަ އަމަލުތައް ޓޮލަރޭޓް ނުކުރާނެ ކަމަށެވެ.

Advertisement

މީގެ އިތުރުން އެމްޑީޕީން ބުނީ މި މާރާމާރީގައި ޕާޓީގެ އޮފީހުގެ އެހެން ފިރިހެން މުވައްޒަފަކަށް ވެސް ހަމަލާދީފައިވާ ކަމަށެވެ.

މި މައްސަލައިގެ އަވަސް އަދި ފުރިހަމަ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެމްޑީޕީން ފުލުހުންނަށް ގޮވާލާފާފައިވާއިރު، އެޕާޓީގެ ފަރާތުން މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މިމާރާމާރީ ހިންގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 12:30 އެހާކަންހާއިރުއެވެ.

އަނިޔާ އެންމެ ބޮޑަށް ލިބުނު އަންހެން މުވައްޒަފަށް އެޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް