އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ މިނިވަންކަމަށް ޖިހާދު ކުރަމުން އައި، މަޝްހޫރު ހަނގުރާމަވެރި ލީޑަރު، ސައިދު އަލީ ޝާހު ގިނާލީ އުމުރުން 92 އަހަރުގައި ނިޔާވެއްޖެއެވެ.
ސައިދް ނިޔާވީ ދިގު މުއްދަތަކަށް އާލަސްކަންފުޅުގައި އޮވެ، ބުދަ ދުވަހު ރޭގަނޑުގެ ވަގުތެއްގައި ކަމަށް އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.
ފާއިތުވި އަހަރުގެ ޖޫން މަހުން ފެށިގެން ސިޔާސީ ކަންކަމުން ދުރަށް ވަޑައިގެންފައިވާ ގިލާނީ ނިޔާވެފައިވަނީ، ކަޝްމީރުގެ މައި ސިޓީ ކަމުގައިވާ ސްރީނަގަރުގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ. ގިލާނީ އަކީ، ކަޝްމީރުގައި އިންޑިއާގެ ވެރިކަމާ ދެކޮޅު ހަދަމުން އަންނަ، އަދި ކަޝްމީރު އެކީ ޕާކިސްތާނުގެ ދަށަށް ގެންދިއުމަށް ތާޢީދު ކުރާ، އަދި ހަރުކަށި ސިޔާސަތުތަކަށް ތާއީދުކުރާ އިއްތިހާދެއް ކަމުގައިވާ އޯލް ޕާޓީސް ހަރިޔަތު ކޮންފަރެންސްގެ އިސް ލީޑަރެވެ.
އިންޑިއާގެ ގާނޫނު އަސާސީން، އިންޑިއާ ސަރަހައްދުގައި އޮންނަ ކަޝްމީރަށް ލިބިދީފައި އޮންނަ ޒާތީ މިނިވަންކަން ހިމާޔަތް ކުރާ 370 ވަނަ މާއްދާގެ އެގައުމުގައި މިހާރު އޮތް ސަރުކާރުން، 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުން ފެށިގެން އުވާލި ފަހުން، ސައިދު އާލާސްކަންފުޅާ އުޅުވަން ޖެހިވަޑައިގެންފައިވާތީ އުޅުއްވާފައިވަނީ، ބޭރަށް ވަޑައިނުގެން އަމިއްލަފުޅު ގޭގައެވެ.
ސައިދް އަވަހާރަވުމުގެ ކުރިން ސައިދް ވަނީ ޖަލު ބަންދުގައި ހުރުމުގެ އިތުރުން 2008ން ފެށިގެން ގޭބަންދުގައި ވެސް ބަހައްޓާފައި ކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. އަދި ގޭ ބަންދުގައި ބެހެއްޓިފައިވަނީ މުޒާހަރާތަކުގައި ބައިވެރިވުމުން ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ސައިދު ނިޔާވުމާ ގުޅިގެން ފުލުހުން ވަނީ އެ ގެ ކައިރީގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި އަވަހާރަވުމާ ގުޅިގެން ކަޝްމީރު ސަރަހައްދުގައި އުޅޭ މީހުނަށް ގެއިން ނުކުތުން މަނާކޮށް އެ ސަރަހައްދުގެ އިންޓަރނެޓްގެ ޚިދުމަތް ވެސް ވަނީ މެދު ކަނޑާލާފައެވެ.
މިދިޔަ އަހަރު ޕާކިސްތާނުގެ ސަރުކާރުންވަނީ، ސައިދުއަށް ޕާކިސްތާނުގެ އެންމެ ޝަރަފުވެރި ރައްޔިތެއްގެ ލަގަބު ވެސް އަރުވާފައެވެ.