ކ. މާލެ
|
31 އޯގަސްޓް 2021 | އަންގާރަ 14:23
އެކްސްޕެޓް ސިސްޓަމަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ކުންފުނިތަކަށް ދިމާވެފައިވާ ދަތިތައް ބަލައިދިނުމަށް ހުށައެޅި މައްސަލަ ދިރާސާ ކުރީ އިގްތިސާދީ ކޮމިޓީން
އެކްސްޕެޓް ސިސްޓަމަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ކުންފުނިތަކަށް ދިމާވެފައިވާ ދަތިތައް ބަލައިދިނުމަށް ހުށައެޅި މައްސަލަ ދިރާސާ ކުރީ އިގްތިސާދީ ކޮމިޓީން
ރާއްޖެއެމްވީ
އެކްސްޕެޓް ސިސްޓަމް
ފުލީ އޮންލައިން ސަރވިސްއަށް އެކްސްޕެޓް ސިސްޓަމް ބަދަލުކުރުން މުހިއްމު ކަމަށް މަޖިލީހުން ފާސްކޮށްފި
 
އޮންލައިން ސިސްޓަމްގެ ރައްކާތެރިކަމާއި ސެކިއުރިޓީ ޤާއިމްކުރުމަކީ މުޙިންމު ކަމެއްކަމަށް ކަމަށް ފާހަގަކުރޭ

މެނުއަލް ސިސްޓަމަކަށްވުރެ، އެކްސްޕެޓް ސިސްޓަމް ތަރައްޤީކޮށް "ފުލީ އޮންލައިން ސަރވިސް"ށް ބަދަލުކުރުމުން ޚިދުމަތް ހޯދާފަރާތްތަކަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، އެއީ މުހިއްމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ އުސޫލުތަކާއި އެކްސްޕެޓް ސިސްޓަމަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ކުންފުނިތަކަށް ދިމާވެފައިވާ ދަތިތައް ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކޮށްފައިވަނީ 39 މެންބަރުންގެ އިއްތިފާގުންނެވެ.

މި ރިޕޯޓުގައި ބުނީ އޮންލައިން ސިސްޓަމްގެ ރައްކާތެރިކަމާއި ސެކިއުރިޓީ ޤާއިމްކުރުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކުރެވޭކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނެސްފައިވާ މައިގަނޑު ބަދަލުތައް އަދި އެކްސްޕެޓް އޮންލައިން ސިސްޓަމަށް ގެނެވުނު އެ ބަދަލުތަކާ ގުޅިގެން ވިޔަފާރިތަކަށާއި އެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރަމުން ދާކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް ބަލާއިރު ގެނެވުނު އެ ބަދަލުތަކާ ގުޅިގެން ވިޔަފާރިތަކަށާއި އެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގިނަ ދަތިތަކާ ދިމާވެފައިވަނީ އެކަންކަމާ ގުޅޭގޮތުން އެންމެ އެކަށީގެންވާ މިންވަރަށް ހޭލުންތެރި ކުރެވިފައި ނުވުމުގެ ސަބަބުންކަމަށް ބުނެއެވެ.

އަދި ދިވެހިރާއްޖެއަށް ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމުގައި ދިމާވަމުންދާ ދަތިތައް ހައްލުކުރެވޭނީ އެކަމަށް ޚާއްސަކުރެވިފައިވާ އެކްސްޕެޓް އޮންލައިން ސިސްޓަމް އެންމެ ފުރިހަމައަށް ޑިވެލޮޕް ކުރެވިގެންކަމަށާއި، އެ މަސައްކަތް މިނިސްޓްރީން ކުރަމުން ދާ ކަމަށް ކޮމިޓީން ބުނެއެވެ. މި މައްސަލަ ދިރާސާ ކުރުމުގައި ކޮމިޓީން ވަނީ އިކޮނޮމިކް މިނިސްޓްރީއާއި، އިމިގްރޭޝަންގެ އިތުރުން އެހެނިހެން މުއައްސަސާތަކާ ވެސް ބައްދަލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް