ކ. މާލެ
|
30 އޯގަސްޓް 2021 | ހޯމަ 21:22
ްފްލެޓް 147 ގައި އަލިފާން ރޯވުން
ްފްލެޓް 147 ގައި އަލިފާން ރޯވުން
އެމްއެންޑީއެފް
ްފްލެޓް 147 ގައި އަލިފާން ރޯވުން
ހުޅުމާލޭ 147 ނަމްބަރު ފްލެޓުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
މި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ 19:44ގައި
ފްލެޓްގެ ދެ ފަންގިފިލާއަކަށް އަލިފާނުގެ އަސަރު ކުރި
އެޕާޓްމެންޓްތަކަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައި

ހުޅުމާލެ 147 ނަމްބަރު ފްލެޓުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ މި ހާދިސާ ހިނގާފައިވަނީ އެ ފްލެޓުގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ. އަލިފާންގަނޑުގެ އަސަރު އެ ފެލްޓުގެ ތިންވަނަ ފަންގިފިލާއަށްވެސް ކޮށްފައިވާކަމަށެވެ.

މި އަލިފާންގަނޑު ހޯމަ ދުވަހުގެރޭ 19:44ގައި އެއްކޮށް ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އަލިފާނުގެ އަސަރު ދެވަނަ ފަންގިފިލާގެ ދެ އެޕާޓްމެންޓަށާއި، ތިންވަނަ ފަންގިފިލާގެ ދެ އެޕާޓްމެންޓަށް ކޮށްފައިވާއިރު، މި ހުރިހާ އެޕާޓުމެންޓުތަކަކަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެވިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.


Advertisement
- ކޮމެންޓް