ކ. މާލެ
|
29 އޯގަސްޓް 2021 | އާދީއްތަ 22:46
ކޮވިޑް-19އަށް ޝައްކުރެވޭ މީހަކު ގެންދަނީ
ކޮވިޑް-19އަށް ޝައްކުރެވޭ މީހަކު ގެންދަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
113 މީހުން ޕޮޒިޓިވްވެ، 137 މީހުން ބަލިން ރަނގަޅުވެއްޖެ
މާލެ ސަރަހައްދުން 42 މީހުން، އަތޮޅުތެރޭގެ ރަށްރަށުން 60 މީހުން ޕޮޒިޓިވްވެފައިވޭ
1658 އެކްޓިވް ކޭސް ހިމެނޭ
16 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުން

ކޮވިޑް-19ށް އިތުރު 113 މީހުން ޕޮޒިޓިވްވެ، 137 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00ށް 5189 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 113 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެ ސަރަހައްދުން 42 މީހުން، އަތޮޅުތެރޭގެ ރަށްރަށުން 60 މީހުން އަދި ހިންގަމުންދާ ރިސޯޓުތަކުން 11 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 80،791 މީހުން ޕޮޒިޓިވްވެފައިވާއިރު، 78،894 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. 1658 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، 16 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

މިހާތަނަށް މިބަލީގައި ނިޔާވެފައިވަނީ 226 މީހުންނެވެ.

ރާއްޖޭގައި ބަލީގެ ހާލަތު ރަނގަޅުވެ މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް ކޮވިޑް-19އަކީ ކުއްލިއަކަށް ފެތުރިގެންދާ ބައްޔަކަށްވާތީ ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ. އެގޮތުން މާސްކް އެޅުމަށާއި، އިޖްތިމާއީ ގައިދުކުރުމާއި އަދި ގިނަ ގިނައިން އަތްދޮވެ އުޅުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ނަމަވެސް ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް ބައެއް މީހުން އަމަލުކުރަމުންދާތީ އެޗްޕީއޭއިން ވަނީ ޚާއްސަ އިންސްޕެކްޝަނެއް ފަށާފައެވެ.


Advertisement
- ކޮމެންޓް