ކ. މާލެ
|
29 އޯގަސްޓް 2021 | އާދީއްތަ 09:46
ސިންގަޕޫރުގެ އާބާދީގެ 80 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައި
ސިންގަޕޫރުގެ އާބާދީގެ 80 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައި
-
ސިންގަޕޫރުގައި ވެކްސިން ޖެހުން
ސިންގަޕޫރުގެ އާބާދީގެ 80 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފި
 
ސެޕްޓެމްބަރުގެ ނިޔަލަށް އާބާދީއަށް އެއްކޮށް ވެކްސިން ޖަހާ ނިމޭނެކަމަށް ލަފާ ކުރޭ

އާބާދީގެ 80 އިންސައްތައަށް ވެކްސިން ފުރިހަމަކޮށް ސިންގަޕޫރުން އަނެއްކާ ވެސް ލަނޑުދަނޑިއެއް ހާސިލް ކޮށްފިއެވެ.

ސިންގަޕޫރުގެ އާބާދީގެ 80 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާކަން ހާމަކޮށްފައިވަނީ އާދިއްތަ ދުވަހު އެގައުމުގެ ހެލްތް މިނިސްޓަރ އޮންގ ޔެ ކުންގއެވެ. ހެލްތް މިނިސްޓަރ ވިދާޅުވީ މިއީ ގިރާކުރެވުނު އިތުރު ހަރުފަތެއް ކަމަށާއި، ފަރުދާގެ ފުރަހަގަހުން ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާގެ އިތުރުން އަމިއްލަ ރައްކާތެރިކަމުގެ އިތުރުން އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނާ ރައްޔިތުންތަކެއް ތިބުމުގެ ނަތީޖާ ކަމަށެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ އެނދުމަތިވެފައިވާ 43،000 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށާއި، ހަފްތާއެއްގެ މައްޗަށް ގޭގެއަށް ގޮސް ވެކްސިން ޖަހައިދުމަށް އެދި 700ށް ވުރެ ގިނަ މީހުން އެދެމުންދާ ކަމަށެވެ. އަދި ވޮލެންޓިއަރކޮށް މި މަސައްކަތް ކުރަމުން އަންނަ ޓީމްތަކުގެ އަދަދު 11ން 33ށް އިތުރުކުރުމަށް ނިންމާފައިވާ އިރު މިވަގުތު ވެސް މަސައްކަތް ކުރަމުން އަންނަ 200 ޑޮކްޓަރުންނާއި ނަރުހުންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ލިބިފައިވާ ވަސީލަތްތަކާއެކު ގޭގެއަށް ގޮސް ވެކްސިން ދިނުމަށް މީގެ ކުރިން 8 ހަފްތާއަށް މަޑުކުރަން ޖެހުން ނިމުމަކަށް ގެނެސް 4 ހަފްތާއަށް އެ މުއްދަތު ބަދަލުކުރެވިފައިވާ ކަމަށް ވެސް ހެލްތް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން މުޅި އާބާދިއަށް އެއްކޮށް ވެކްސިން ދީ ނިމޭނެކަމަށް ވެސް ހެލްތް މިނިސްޓަރ އޮންގ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް