ކ. މާލެ
|
28 އޯގަސްޓް 2021 | ހޮނިހިރު 14:27
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން
އަލްޖަޒީރާ
އިރާގު ސަމިޓް
އިރާގު ސަމިޓުގައި ސަރަހައްދުން ބޭރުގެ ބޭފުޅެއްގެ ގޮތުގައި ފްރާންސްގެ ރައީސް މެކްރޮން
 
ސަމިޓުގައި ސަރަހައްދީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމާއެކު އެހީތެރިވުމާ ގުޅޭ މަޝްވަރާތައްވެސް ކުރިއަށް ދާނެ
 
ސަމިޓްގައި މަޝްވަރާ ކުރާނީ ސަރަހައްދީ މައްސަލަތަކާ ގުޅޭގޮތުން

އިރާގު ސަމިޓުގައި ސަރަހައްދުން ބޭރުގެ ބޭފުޅެއްގެ ގޮތުގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ބައިވެރިވެވަޑައި ގަތުމަށް އިރާގުގެ ވެރިރަށް ބަޣްދާދަށް ވަޑައިގެންފިއެވެ.

އިރާގުގައި ހޮނިހިރު ދުަވަހު ފެށުމަށް ހަމަޖެހިފައިވާ ސަމިޓްގައި މަޝްވަރާ ކުރާނީ ސަރަހައްދީ މައްސަލަތަކާ ގުޅޭގޮތުންނެވެ. ބަޣުދާދުގައި ބާއްވާ މި ސަމިޓުގައި ސަރަހައްދީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމާއެކު ސަރަހައްދީ ގައުމުތަކުން އެހީތެރިވުމާ ގުޅޭ މަޝްވަރާތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު މުސްތަފާ އަލްގަދީމީ ވިދާޅުވެފައިވަނީ އިރާގުން އެގައުމުގެ އަމިއްލަ ކަންކަން އަމިއްލައަށް ނިންމަން ޖެހޭ ކަމަށާ ގައުމެއްގެ ހައިސިއްޔަތުން އަމިއްލަ ފައި މައްޗަށް ތެދުވަން ޖެހިފައިވާ ކަމަށެވެ.

ސަމިޓުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައވާ ކަންކަމާ ގުޅިގެން އީރާނުން ބުނެފައިވަނީ ސައޫދީއާ ގުޅުން ބަދަހި ކުރުމަކީ ކުރަން ވަރަށް ރަނގަޅު ކަމެއްކަމަށެވެ. އަދި އިރާގަށް ވެދެއްވެން ހުރި އެހީތަކާ ބެހޭ ގޮތުން އޮފިޝަލުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މި ސަމިޓަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީ އާއި އުރުދުންގެ އަބްދުﷲ ރަސްގެފާނު ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ސައޫދީއާ ތުރުކީގެ އޮފިޝަލުން ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިރާގު، އުރުދުން އަދި މިސްރުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް ބަޣުދާދުގައި ދާދިފަހުން ވެސް ބާއްވާފައިވާއިރު އެ ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ އެގައުމުތަކުގެ މެދުގައި އިގްތިސާދާ ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމާ ގުޅޭ ގޮތުންނެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އިރާގުން ތައުލީމާއި ސިއްހަތާއި ހަކަތައިގެ ދާއިރާއިން މިސްރާ އަދި އުރުދުންނާއެކު ގުޅުން ބަދަހިކުރުމަށް ޓަކައި އެ ތިން ގައުމުން 15 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް