ކ. މާލެ
|
28 އޯގަސްޓް 2021 | ހޮނިހިރު 13:47
ފަލަސުރުހީ ޕްރޮގްރާމްގައި ސީއެމްޑީއޭ ޑެޕިއުޓީ މެނޭޖަރު އަނިލް އާދަމް ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ސީއެމްޑީއޭ ޑެޕިއުޓީ މެނޭޖަރު އަނިލް އާދަމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ހިއްސާގެ ބާޒާރު ކުރިއެރުވުން
ހިއްސާގެ ބާޒާރުގައި އާއްމުންގެ ބައިވެރިވުން ނެތްނަމަ ގައުމުގެ މުއްސަނދިކަން އެއްބައެއްގެ އަތްމައްޗަށް ގޮސްދާނެ: ސީއެމްޑީއޭ
މި ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން
ގައުމެއްގެ އިގްތިސާދުގައި ފައިސާ ހޯދުމަށް މައިގަނޑު ގޮތެއްގައި އޮންނަނީ ދެ ނިޒާމު
މި ސިނާއަތަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭ

ހިއްސާގެ ބާޒާރުގައި އާއްމު ރައްޔިތުންގެ ބައިވެރިވުން ނެތްނަމަ ގައުމުގެ މުއްސަނދިކަން އެއްބައެއްގެ އަތް މައްޗަށް ގޮސްދާނެކަމުގެ ބިރުއެބަ އޮތް ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮޓޯރިޓީ (ސީއެމްޑީއޭ)އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސީއެމްޑީއޭ ޑެޕިއުޓީ މެނޭޖަރު އަނިލް އާދަމް ވިދާޅުވީ ރާއްޖޭގެ ހިއްސާގެ ބާޒަރަކީ އެހެން ގައުމުތަކާއި އެއްގޮތަށް އިގްތިސާދާ އެއްހަމައެއްގައި ގެންދިއުމަށް ވަރަށް މުހިންމު ސިނާއަތެއް ކަމަށާއި، މިސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މިސިނާއަތަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ގައުމެއްގެ އިގްތިސާދުގައި ފައިސާ ހޯދުމަށް މައިގަނޑު ގޮތެއްގައި އޮންނަނީ ދެނިޒާމު ކަމަށެވެ. އެއީ ބޭންކިން ނިޒާމާއި، ހިއްސާގެ ބާޒާރު ކަމަށް އަނިލް ވިދާޅުވިއެވެ.

އެއް ނިޒާމަކީ ބޭންކިން ސެކްޓަރ ރާއްޖޭގައި އަނެއްހެން ބުނަންޏާ ވަރަށް ކުރިއަރާފައި އޮތޭ އަނެޢްހެން ވެސް ބުނެވިދާނެ. ދެން މިއޮންނަނީ ހިއްސާގެ ބާޒާރު. ހިއްސާގެ ބާޒާރުގައި މައިގަނޑު ގޮތެއްގައި މިހުންނަ ދެއިންސްޓްރޫމެންޓަކީ ހިއްސާ. އެއީ ކުންފުނިތަކުގެ މިލްކުވެރިކަން އާއްމުންނާ ގާތަށް ގެންދިއުމަށް އޮންނަ އެއްމަގު. ދެވަނަ ގޮތަކީ އާއްމު ފަރާތްތަކުން އެބޭފުޅުންގެ ވިޔަފާރި ފުޅާކުރުމަށްނޫނީ އާއްމު ފަރާތްތަކުން ފަހަށް ފައިސާ އިތުރުވާނެ ގޮތަށް ރައްކާކުރުމަށްޓަކައި އިންވެސްޓްކޮށްގެން ކުރިއަށް ގެންދިއުން.
ޑެޕިއުޓީ މެނޭޖަރު އަނިލް އާދަމް

ރާއްޖެގެ ކަހަލަ ''ސްމޯލް އައިލެންޑް ޑިވަލޮޕްމެންޓް ނޭޝަން''އެއްގައި ހިއްސާގެ ބާޒާރު ތަރައްގީ ކުރުމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަކުރައްވައި އަނިލް ވިދާޅުވީ ގޮންޖެހުންތަކާއެކު ވެސް މިބާޒާރު ކުރިއެރުވުމަށް ވަރަށް މަސައްކަތްކުރާ ކަމަށެވެ. އެއީ ދެމެނެހެއްޓެނިވި ގޮތެއްގައި ފައިނޭންސް ހޯދުމުގެ މަގުސަދުގައި ކަމަށް ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ ރާއްޖޭގެ ހިއްސާގެ ބާޒާރަށް ދިމާވާ ގޮންޖެހުންތަކާއި ކުރިއެރުވޭނެ ގޮތްތަކާއި ބެހޭގޮތުން ގިނަ ދިރާސާތަކެއް ހަދާފައިވާ ކަމަށާއި، އެދިރާސާތަކުގައި ވެސް އިސްލާހުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަަގަކޮށްފައިވާ ކަމަށެވެ.

ހިއްސާގެ ބާޒާރު ކުރިއެރުމުން ބެންކިން ސެކްޓަރއަށް ވެސް ވާ ފައިދާ އެބަހުރި. ސަބަބަކީ ގައުމެއްގެ އެންމެ ބޮޑު އިންވެސްޓަރއަކީ އެގައުމެއްގެ ސަރުކާރުން އިޝޫކުރާ ބޮންޑާ އެއްޗެހި. ހިއްސާގެ ބާޒާރެއް ނެތި ގަވަރމެންޓަށް އިޝޫކުރާ ބޮންޑަށް ދެން މިޖެހެނީ ބޭންކް، ޕެންޝަން ފަންޑު. މީގައި ހުންނަ ފައިސާ ދޭން. މިހެން ވެއްޖެކަމުގައިވާނަމަ އާއްމު ފަރާތްތަކުން އޮންނަ މަނީ ސަޕްލައި ނުވަތަ ކްރެޑިޓް ފެސިލިޓީއަށް އޭގެ ސަބަބުން ޗެލަންޖަސް އާދޭ. އޭގެ ތެރެއިން އެއްކަމަކީ އަޅުގަނޑުމެންގެ އިކޮނޮމިކް ޕަރފޯމާސް. މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންގެ ތެރޭގައި ފޮރިން ކަރެންސީގައި މިއޮތް ބޮޑު ގޮންޖެހުން. އެއަށް ހައްލުތަކެއް ލިބެންޖެހޭ. ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް އާދެވޭނެ ގޮތެއް އޮންނަން ޖެހޭ. ހަމަ އޭގެ އިތުރުން ގަވަރމެންޓް ލެވަލްގައި ޕޮލިސީ ލެވަލްގައި މިއައަށް އިތުރު އައިޕީއޯއެސްތަކެއް އަންނަ ފަދަ ގޮތަކަށް މަގު ޗާޓުތަކެއް ރާވާލަންޖެހޭ.
ޑެޕިއުޓީ މެނޭޖަރު އަނިލް އާދަމް

އަނިލް ވިދާޅުވީ ހިއްސާގެ ބާޒާރަކީ އެބާޒާރުގެ ޒާތުގައި އެކިކަހަލަ މަފްހޫމްތައް އެކުލެވޭ ބާޒާރެއް ކަމަށާއި، އެމާކެޓްގައި ހުންނަ ކޮންސެޕްޓްތަކަށް އާއްމު ފަރާތްތައް އަހުލުވެރިކުރަން ޖެހޭ ކަމަށެވެ. އަދި އާއްމު ފަރާތްތަކުގެ ބައިވެރިވުން އޮންނަ ގޮތަކަށް މިކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، އެގޮތަށް މިކަން ނުކޮށްފިކަމަށްވާނަމަ ގައުމުގެ މުއްސަނދިކަން އެއްބައެއްގެ އަތް މައްޗަށް ސޮއްސާލުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހިއްސާ ބާޒާރުގެ އެންމެހައި ކަންކަން ވަރަށް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، އެމަސައްކަތުގައި އާއްމުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް
28 އޯގަސްޓް 2021 | ހޮނިހިރު 15:40
ހުސޭނު
ޢާންމުން ކުރަންވީ ކީއްތަ، ތިހެން ބުނެފަ ކުރަން ވީ ކަން ވެސް ބުނިނަމަ ދޯ!!