ކ. މާލެ
|
27 އޯގަސްޓް 2021 | ހުކުރު 11:58
ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތު
ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތު
ރައީސް އޮފީސް
އަސާސީ ތަމްރީނު ކޯސް
67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުވާކޮށްފައިވަނީ 80 ދަރިވަރުން
ކޯހުގެ ހުވާ ކުރި 80 ދަރިވަރުންގެ ތެރޭގައި ހަތް އަންހެން ސިފައިންނާއި 73 ފިރިހެން ސިފައިން ހިމެނޭ

67 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވެ، ހުވާކޮށްފައިވަނީ 80 ދަރިވަރުން ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މީގެ ތެރޭގައި 7 އަންހެން ސިފައިންނާއި 73 ފިރިހެން ސިފައިން ހިމެނެއެވެ.

ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ. ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މި ރަސްމިއްޔާތުގައި އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޢާޒީ އަލްއުސްތާޛް ޢަލީ ނަސީރެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. އަދި މި ރަސްމިއްޔާތުގައި ސިފައިންގެ މީހުންނަށް ބަޑިހަވާލުކުރައްވާއިރު އަންގަވާ އެންގެވުންތައް އިއްވަވައިދެއްވީ، އެމްއެންޑީއެފްގެ ދަ ބޭސިކް ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ މުޙައްމަދު ނިލާމެވެ. ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށް ނިމުމުން އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސް ސިފައިންގެ ބޭންޑުން ވަނީ ޤައުމީ ސަލާމް ކުޅެފައެވެ.

67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދަރިވަރުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް މި ރަސްމިއްޔާތުގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ.


Advertisement
- ކޮމެންޓް