Advertisement
ކ. މާލެ
|
26 އޯގަސްޓް 2021 | ބުރާސްފަތި 18:24
ޙަސަން ލަޠީފް
ޙަސަން ލަޠީފް
މަޖިލިސް
ގައުމީ މަޖިލީސް
635 މެމްބަރުން ގައުމީ މަޖިލީހަށް ކުރިމަތިލި
ގައުމީ މަޖިލީހުގެ އިންތިޚާބަށް 635 ކެންޑިޑޭޓުން ކުރިމަތިލާފައިވޭ
9 މެމްބަރުންގެ ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވޭ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބަށް 635 ކެންޑިޑޭޓުން ކުރިމަތިލާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން އެމްޑީޕީގެ ޗެއަރ ޕަރސަން ޙަސަން ލަޠީފު ވިދާޅުވީ ގައުމީ މަޖިލީހުގެ އެކި ދާއިރާތަކަށް 635 މެމްބަރުން ކުރިމަތިލާފައިވާކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށް އިންތިޚާބު ތާވަލް ކުރެވިފައިވާއިރު، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް 9 މެމްބަރުންގެ ޚާއްސަ ކޮމިޓީއެއްވެސް މިހާރުވަނީ އެކުލަވާލާފައެވެ. ޙަސަން ވިދާޅުވީ، އިންތިޚާބަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލަން ޖެހުނީ، އެމްޑީޕީގެ އިންތިޚާބު ކޮމިޓީގެ ބައެއް މެމްބަރުންވެސް މިފަހަރުގެ އިންތިޚާބުގައި ވާދަކުރާތީކަމަށެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބާގުޅޭ ކަންކަން އިންތިޒާމްކޮށް, ނިންމުންތައް ނިންމާނީ މިހާރު އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީން ކަމަށެވެ.

Advertisement

އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 300އެއްހާ ވޯޓު ފޮށި ބެހެއްޓޭނެ ކަމަށާއި 900އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް ވިދާޅުވިއެވެ.

މި އިންތިޚާބުގައި ވޯޓަރސް ލިސްޓްގެ ގޮތުގައި ބޭނުންކުރާނީ ކުރިންވެސް އެތެރޭގެ އިންތިޚާބުތަކެކޭ އެއްގޮތަށް ޕާޓީގެ ދަފްތަރު ލިސްޓު ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

އިންތިޚާބުގެކަންކަން ބެލެހެއްޓުމަށް އެކުލަވާލި ޚާއްސަ ކޮމިޓީގައި ހިމެނެނީ، މިނިސްޓަރ މުޙައްމަދު އަސްލަމް، މިނިސްޓަރ އަޙުމަދު ނަސީމް، މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ، ރައްޔިތުން މަޖިލީސް މެމްބަރ ޔަޢުޤޫބް ޢަބްދުއްﷲ، ރައްޔިތުން މަޖިލީސް މެމްބަރ މޫސާ ސިރާޖް، ގާނޫނީ ވަކީލެއްގޮތުގައި ނާޒިމް ސައްތާރު، ރައްޔިތުން މަޖިލިސް މެމްބަރ އަޙުމަދު ޢަބްދުﷲ، ޕާޓީގެ މެމްބަރ އަޙުމަދު ޝާހިދު އަދި ޕާޓީގެ ޗެއަރ ޕާރސަން ޙަސަން ލަޠީފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް