ކ. މާލެ
|
20 މެއި 2017 | ހޮނިހިރު 14:20
 މި މިސައިލަކީ ހޫސީ ހަނގުރާމަވެރިން މިހާތަނަށް ފޮނުވާލި އެންމެ ދުރުރާސްތާގެ އެއް މިސައިލް
މި މިސައިލަކީ ހޫސީ ހަނގުރާމަވެރިން މިހާތަނަށް ފޮނުވާލި އެންމެ ދުރުރާސްތާގެ އެއް މިސައިލް
ސަމާ ޓީވީ
ޔަމަން ހަނގުރާމަ
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
އެފަދަ މިސައިލްތައް ހުއްޓުވުމަށް ސައުދީން ބޭނުންކޮށްފައިވަނީ ޕެޓްރިއޮޓް މިސައިލް
މިސައިލް ވައްޓާލީ ސައުދީގެ ވެރިރަށާއި 200 ކިލޯމީޓަރު ދުރުން

ޔަމަމަނުގެ ހޫސީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ސައުދީގެ ވެރިރަށާއި 200 ކިލޯމީޓަރު ދުރުން ވައްޓާލައިފި ކަމަށް ގުޅިފައިވާ އަރަބި ކޯލިޝަނުން ބުނެފިއެވެ.

 

ހުކުރު ދުވަހު މި ހާދިސާ ހިނގާފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސައުދީއަށް ވަޑައިގަންނަވަން 24 ގަޑިއިރަށްވުރެވެސް ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ.

 

ސައުދީގެ ރަސްމީ ނޫސް އޭޖެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިރާނުގެ އެކުވެރި ހޫސީން ރިޔާދަށް ފޮނުވާލާފައި ވަނީ ބުރުޚާން 1 ގެ މިސައިލެއް ކަމަށެވެ.

 

ސައުދީ އިސްވެ އުފައްދާފައިވާ ކޯލިޝަނުން ބުނީ ރިޔާދްގެ ހުޅަނގުން ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ އަރްރީން އިން ހޫސީންގެ މިސައިލެއް ވައްޓާލާފައި ވާކަމަށެވެ.

 

އެފަދަ މިސައިލްތައް ހުއްޓުވުމަށް ސައުދީން ބޭނުންކޮށްފައި ވަނީ ޕެޓްރިއޮޓް މިސައިލްތަކެވެ.

 

ސައުދީގެ އަލް އަރަބިއްޔާ ޓީވީ ބުނީ ޔަމަނުގެ ވެރިރަށް ސަންޢާގެ ރަށްބޭރުގައިވާ ހޫސީންގެ މިސައިލް ބޭސްއަކަށް އެ ކޯލިޝަނުން ގިނަ އަދަދަކަށް ބޮން އަޅަމުން ދާކަމަށެވެ.

 

ޔަމަނުގައި ހިނގަމުންދިއަ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެ ސައުދީ އިސްވެ އުފައްދާފައިވާ ގުޅިފައިވާ ފައުޖުން ގެންދަނީ 2015 ވަނަ އަހަރުގެ މާޗްމަހުގެ 26 ވަނަ ދުވަހުންފެށިގެން ހޫސީންނާ ދެކޮޅަށް ހަމަލާދެމުންނެވެ.

 

މި މިސައިލަކީ ހޫސީ ހަނގުރާމަވެރިން މިހާތަނަށް ފޮނުވާލި އެންމެ ދުރުރާސްތާގެ މިސައިލެވެ.

 

ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ސިފައިން ވެސް ދަނީ ހޫސީންނަށް ވާގިވެރިވަމުންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް