ކ. މާލެ
|
26 އޯގަސްޓް 2021 | ބުރާސްފަތި 06:25
ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް
ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް
އެޑިއުކޭޝަން މިނިސްޓްރީ
ސްކޫލް ކުސިންގެ ވެކްސިން ޕްރޮގްރާމް
10 ދުވަހުގެ ތެރޭގައި 30،000 އަށްވުރެ ގިނަ ދަރިވަރުން ވެކްސިން ޖަހައިފި
 
40،000 ވަރަކަށް ސްކޫލް ކުދިން ވެކްސިން ޖަހާނެ ކަމަށް މިނިސްޓްރީން ލަފާކުރި
 
މި ޕްރޮގްރާމް ފެށީ 15 އޮގަސްޓުގައި

30,000 އަށްވުރެ ގިނަ، ސްކޫލް ކުދިން ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރައިގެ ދަރިވަރުންނަށް ވެކްސިން ޖަހަން ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ސްކޫލް ކުދިންނަށް ޖަހަނީ ފައިޒަރ ވެކްސިނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޮގަސްޓު 25 ވަނަ ދުވަހުގެ ނިޔަލަށް 30،109 ދަރިވަރުން ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށެވެ. 181 ސްކޫލެއްގައި ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބުނު 128,700 ޑޯޒް ފައިޒަރ ވެކްސިނާއެކުއެވެ. މި ޕްރޮގްރާމުގެ ދަށުން 40،000 ދަރިވަރުން ވެކްސިން ޖަހާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ސްކޫލްތަކުގައި ވެކްސިން ޕްރޮގްރާމް ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބެލެނިވެރިން މިކަމަށް ހޭލުންތެރި ކުރުވުމަށް ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައެވެ. އަދި ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަން ޔަގީންކޮށްފައިވެއެވެ.

ވެކްސިން ލިބުނުހާ އަވަހަށް ސްކޫލް ދަރިވަރުންނަށް ވެކްސިން ދޭން ފަށާފައިވާއިރު، މިހާރު ވަނީ އިތުރު ކެޓަގަރީތަކަކަށް ވެކްސިން ދޭން ފަށާފައެވެ. އެއީ ދިފާއީ ނިޒާމު ދަށް މީހުންނާއި، މާބަނޑު މީހުންގެ އިތުރުން މިހާތަނަށް ކޮވިޑް-19ގެ އެއްވެސް ވެކްސިނެއް ނުޖަހާ ތިބި 60 އަހަރުން މަތީގެ މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި