ކ. މާލެ
|
20 މެއި 2017 | ހޮނިހިރު 01:10
ވެނެޒުއޭލާގައި މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަނީ
ވެނެޒުއޭލާގައި މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަނީ
ގެޓީ އިމޭޖަސް
ވެނެޒުއޭލާގެ ހަމަނުޖެހުން
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
ވެނުޒުއޭލާގައި ދަނީ ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވަމުން

އެމެރިކާ އިން ވެެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅު އެޅީ ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރަށާއި އަދި އިތުރު ހަތް ފަނޑިޔާރުންގެ މައްޗަށެވެ. އެމެރިކާ އިން ދަތި ކުުރުމުގެ ފިޔަވަޅު އެޅި އިރު، ސްޕްރީމް ކޯޓުން މިއަހަހަރު ކުރީކޮޅު ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް ވަނީ ނިގުޅައިގެންފައެވެ. ގާނޫނު ހަދާ މަޖިލިސް ކޮންޓްރޯލް ކުރަމުން ދިޔައީ އިދިކޮޅު ފަރާތްތަކުންނެވެ.

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅާއި ބެހޭ ގޮތުން ބުރާސްފަތި ދުވަހު އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނީ، އެމެރިކާގެ އިހްތިސާސް ހިނގާ ސަރަހައްދުގައިވާ، އަށް ފަނޑިޔާރުންގެ ހުރިހާ އެސެޓްތަކެއް ފްރީޒް ކުރެވޭނެ ކަމަށާއި އަދި އެމެރިކާގެ އެއްވެސް ރައްޔިތަކަށް ފިޔަވަޅު އެޅުނު ފަރާތްތަކާ ވިޔަފާރީގެ މުއާމަލާތެއް ނުކުރެވޭނެ ކަމަށެވެ. 

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވެން މްނޫޗިން ވިދާޅުވީ ވެނެޒުއޭލާ ސަރުކާރުގެ ކޮރަޕްޝަނާއި އަދި ކަންކަން ރަނގަޅަށް ތަރުތީބު ނުކުރެވޭތީ، ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ އިގްތިސާދުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުން ދަނީ ވަރަށް ވޭންދެނިވި ދިރިއުޅުމެއް ކަމަށެވެ. 

މި އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ބޭނުމަކީ ވެނެޒުއޭލާގައި ރައީސް ނިކޮލަސް މަޑޫރޯ އާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އަނިޔާވެރި ގޮތަކަށް ހުއްޓުވާ ފަރާތްތަކަށް ޕްރެޝާ އިތުރު ކުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވަމުން ގެންދަވަނީ މަގުމައްޗަށް މީހުން ނިކުންނަމުން ދަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ހަމަނުޖެހުމަށް ގޮވާލަމުން ދާތީ ކަމަށެވެ.

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް